ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 10:45
ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގައި އަންނަނީ ފުޅާވަމުން
ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގައި އަންނަނީ ފުޅާވަމުން
ރިޒްނާ ޒަރީރު
ގެސްޓްހައުސް އެވޯޑްސް އެޑިޝަން
ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!
މި އެވޯޑް ދިނުމުގެ ހަފްލާ އޮންނާނީ މާފުށީގައި
ޖުމްލަ 15 ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައިވޭ

ދިރާގު މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސްއިން (މަޓާޓޯ) އިން ބުނެފިއެވެ.

 

މަޓާޓޯއިން އިންތިޒާމްކޮށްގެން މިމަހުގެ 30 ގައި ބާއްވަން ނިންމާފައިވާ

މި އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާފުށީގައެވެ.

 

12 ކެޓަގަރީއަކުން 90 އަށްވުރެ ގިނަ ނޮމިނޭޝަންސް ވާދަކުރާނެއެވެ.

  • ލީޑިން ގެސްޓް ހައުސް
  • ލީޑިން ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް
  • ލީޑިން ގެސްޓްހައުސް / ޑައިވިން އެންޑް ވޯޓަރ ސްޕޯޓްސް
  • ލީޑިން އީކޯ ފްރެންޑްލީ ގެސްޓްހައުސް
  • ލީޑިން ބިޒްނަސް ގެސްޓްހައުސް
  • ލީޑިން ހެރިޓޭޖް ގެސްޓްހައުސް
  • ލީޑިން އެޑްވެންޗަރ ގެސްޓްހައުސް
  • މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް
  • ލީޑިން ގެސްޓްހައުސް ބްރޭންޑް
  • ލީޑިން ޓްރާންސްޕޯޓް ސަރވިސް ޕްރޮވައިޑަރ
  • ލީޑިން ގެސްޓް ހައުސް އައިލެންޑް
  • ލީޑިން ބީޗް އައިލެންޑް

 

މި ހަފްލާގައި ޖުމްލަ 15 ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި 3 އެވޯޑެއް ދިނުމަށް ހަމަޖެހިފައިވަނީ މަޓާޓޯއިން ހޮވާ ތިން ކެޓަގަރީއަކުންނެވެ.

  • ލީޑިން ބިޒްނަސް ޑިވެލޮޕްމަންޓް ޕާޓްނަރ ފޯރ ދަ ގެސްޓްހައުސް އިންޑަސްޓްރީ
  • ނިއުކަމާރ އޮފް ދަ އިޔަރ
  • މޯސްޓް ސަޕޯޓިވް ގެސްޓްހައުސް

 

މި އެޑިޝަންއަކީ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ކުރިން މަޓާޓޯއިން ބާއްވާ ހާއްސަ އިވެންޓެކެވެ. މިއީ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާގައި ގެސްޓްހައުސްތަކުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށް މަޓާޓޯ އިން ބުނެ އެވެ.

އަދި 12 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ނިންމާފައިވަނީ 40 އިންސައްތަ ޓްރިޕް އެޑްވައިޒަރ އަދި 60 އިންސައްތަ އޮންލައިންއާއި އެސްއެމްއެސްގެ ޒަރިއްޔާއިން ލިބޭ ވޯޓުންނެވެ. މިހާތަނަށް ފަނަރަ ހާހަށް ވުރެ ގިނަ ފަރާތްތަކުން އެކި ކެޓަގަރީތަކަށް ވޯޓް ލާފައިވެއެވެ.

2016 ވަނަ އަހަރު ބޭއްވި ޓްރެވެލް އެވޯޑް ގާލާ ނައިޓްގައި 5 ކެޓަގަރީއަކުން ގެސްޓްހައުސް ތަކުން ވަނީ އެވޯޑް ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް