ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 16:16
މިނިސްޓަރ ސައީދު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
މިނިސްޓަރ ސައީދު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ޕީޕީއެމް ޖަލްސާ
އައްޑޫ ސިޓީން އެދެނީ ރައީސް ޔާމީނަށް:މިނިސްޓަރ ސައީދު
ރާއްޖޭގެ ކުރިމަގު އޮތީ ރައީސް ޔާމީނާއެކު
އައްޑޫ ސިޓީގައި ބޭރުގެ ގައުމުތަކުގެ ބޮޑެތި އިންވެސްޓްމެންޓްތަށް މިހާރުވެސް ކުރިއަށްދޭ
ރައީސް ޔާމީން ހޮއްވެވުމަކީ ކޮންމެހެން ލާޒިމު ކަމެއް

އައްޑޫ ރައްޔިތުން އެދެނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރެއްވުމަށް ކަމަށާއި އައްޑޫ ސިޓީއިން ބޭނުންވަނީ ރައީސް ޔާމީންފަދަ ވެރިއެއް ކަމުގައި  އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން "އަފިރިންނަސް ތައްޔާރަ" މި ނަމުގައި ހިތަދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރައީސް ޔާމީން ފިޔަވައި ދެ ވަނަ މީހަކަށް އައްޑޫން ނޭދޭ ކަމަށެވެ. 

ރާއްޖޭގެ ކުރިމަގު އޮތީ ރައީސް ޔާމީނާއެކުގައި ކަމަށާއި ރައީސް ޔާމީން އާއިލާތަކަށް ހިތްހަމަޖެހުން ގެނެސް ދެއްވައި، މިޤައުމުގައި ދުރޫސުލް އަޚްލާޤް އާލާ ކުރައްވައިފިކަމަށް ސައީދު ވިދާޅުވި އެވެ. ދީން ހިމާޔަތް ކުރެއްވީވެސް ރައީސް ޔާމީން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އައްޑޫ ސިޓީ އޮތީ ރައީސް ޔާމީނާއެކު ތައްޔާރަށް ކަމަށާއި 2018 ރައީސް ޔާމީނަށް ޔަޤީންވަނީ އައްޑޫސިޓީއަށް އެމަނިކުފާނު ގެންނަވާ ތަރައްޤީގެ ސަބަބުން ކަމަށެވެ.

އައްޑޫ ސިޓީއަކީ ރާއްޖޭގެ ތަރައްގީގެ ނާރެސް ކަމުގައި ވިދާޅުވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އައްޑޫ ސިޓީގައި ބޭރުގެ ގައުމުތަކުގެ ބޮޑެތި އިންވެސްޓްމެންޓްތަށް މިހާރުވެސް ކުރިއަށް ދާ ކަމަށެވެ.

ޒުވާނުން ހަރުދަނާ ކުރުމަށާއި ބާރުވެރި ކުރުމަށް ޒުވާނުންނަށް އަމާޒުކޮށްގެން އެތަކެއް ކަންކަން ފަހިކޮށްދެވިފައިވާ ކަމަށާއި ރަށުގައި ތިބެގެން ވަޒީފާއަދާ ކުރެވޭނެ  ގޮތްތަށް މި ސަރުކާރުގެ ތެރެއިން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށް ދެވިފައިވާނެ ކަމުގައި ވެސް ސައީދު ވިދާޅުވިއެވެ. އެހެންކަމުން  ރާއްޖޭގެ ތަރައްގީއަށް 2018 ގައިވެސް ރައީސް ޔާމީން ހޮއްވެވުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމުގައި ސައީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރ ސައީދު ވިދާޅުވީ މިޤައުމުގައި އިދިކޮޅު ލީޑަރުންގެ ގޮތުގައި މިހާރު ތިބި ދެތިންހަތަރު ލީޑަރުންނަކީ ރަސޫލް ޒަމާނުގައި މަގުމަތީގައި ވާހަކަ ކިޔައިދޭ މީހުން އުޅޭހޭ މީހުން ކަމަށާއި ބޭރު ޤައުމުތަކުގައި ރާއްޖެ ފަޟީޙަތްކޮށް ޤައުމު ސުންނާފަތިކޮށްފި ކަމަށެވެ. އަދި އެމީހުން މެލޭޝިޔާއާ ސިލޯނާ އިނގިރޭސި ވިލާތުގައި ތިބެގެން އެދައްކަނީ ދޮގުވާހަކަތައް ކަމަށާއި އެވާހަކަތައް މިހާރު ޤަބޫލެއް ނުކުރާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް