ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 08:18
މިއީ 2007 ވަނަ އަހަރު އަލްޝަބާބުގެ ހަމަލާތައް ފެށުނުފަހުން އެ ގައުމުގައި ދިން އެންމެ ވަރުގަދަ ހަމަލާ
މިއީ 2007 ވަނަ އަހަރު އަލްޝަބާބުގެ ހަމަލާތައް ފެށުނުފަހުން އެ ގައުމުގައި ދިން އެންމެ ވަރުގަދަ ހަމަލާ
އަބުދުﷲ މުހައްމަދު
ސޯމާލިއާގެ ބޮމުގެ ހަމަލާ
ސޯމާލިއާގައި މި މަހުގެ 14 ވަނަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 358 އަށް އަރައިފި
މިހަފްތާގައި އިތުރު ހަމަލާއެއްދީފައިވާއިރު ދެމީހުންވަނީ މަރުވެފަ
އެ ހަމަލާ ދީފައިވަނީ ކާރުބޮމެއް ގޮއްވާލައިގެން
ހަމަލާދިނީ މޮގަދިޝޫގެ ކައިރީގައި އޮންނަ ޓައުނެއްކަމަވާ މަރްކަޒްގަ

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި މި މަހުގެ 14 ވަނަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 358 އަށް އަރައިފިއެވެ.

އެ ގައުމުގެ ތާރީޚުގައި ދިން އެންމެ ނުރައްކާތެރި ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 228އަށް އަރާކަމަށް އިންފޮމޭޝަން އެންޑް އިންޓަރނަލް ސެކިއުރިޓީ މިނިސްޓަރާ ހަވާލާދީ ސޯމާލީ ނޫސް އެޖެންސީން ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ވެރިރަށް މޮގަދިޝޫގެ ކައިރި ސަރަހައްދެއްގައި ބޮމުގެ ހަމަލާއެއް ދީފައެވެ.

މޮގަދިޝޫގެ އިރުއުތުރުން 20 ކިލޯމީޓަރު ދުރުގައި އޮންނަ މަރްކަޒްގައި ކާރު ބޮމެއް ގޮއްވާލައިގެން ދިން މިހަމަލާގައި ޑްރައިވަރު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު މަންޒަރު ދުށް މީހުން ބުނިގޮތުގައި މަދުވެގެން ދެ މީހުން މަރުވެފައިވެއެވެ.

ފުލުހުންގެ އޮފިސަރެއް ކަމަށްވާ މޭޖަރ ނޫރު އަލީ ރޮއިޓަރސްގައި ބުނެފައި ވަނީ  ހަމަލާދިން ހިސާބަށް ފުލުހުން ގޮސްފައިނުވާ ކަމަށާއި އެއީ ހަނގުރާމަވެރިންގެ ބާރުގެދަށުގައި އޮންނަ އެކަހެރި ސަރަހައްދެއް ކަމަށެވެ.

މިހަމަލާގެ ތުހުމަތު ކޮށްފައިވަނީ ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތް، އަލް ޝަބާބުގެ މައްޗަށެވެ.

ކާރު ބޮމަކާއި ޓްރަކް ބޮމެއް ހިފައިގެން އެއާޕޯޓަށް ދަތުރުކުރި އުޅަނދުތައް ގޮވާފައިވަނީ މަންޒޒިލަށް ދެވުމުގެ ކުރިންނެވެ.

 

- ކޮމެންޓް