ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 16:16
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ޢަލީ ޒާހިރު ވާހަކަ ދައްކަވަނީ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ޢަލީ ޒާހިރު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ޝެއިޚް އިމްރާން
އިމްރާން ޖަލަށް ބަދަލުކުރީ ޑިކްޓޭޓަރޝިޕަށް އާއެކޭ ނުބުނުމުން:ޢަލީ ޒާހިރު
ރައީސް މައުމޫނާއި ރައީސް ނަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ޖަލަށް ބަދަލު ކުރީ ޑިކްޓޭޓަރޝިޕަށް (ކުދުމުޚްތާރު ވެރިކަމަށް) އާއެކޭ ނުބުނުމުން ކަމަށް ކަމުގައި ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެވެ

ޢަލީ ޒާހިރު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެތައް އަހަރެއްގެ އިންތިޒާރަށްފަހު ލިބުނު ފިރިހެން ދަރިފުޅާ ކުޑަހިނދުކޮޅެއް ތެރޭ ދުރުކޮށްގެން ގެންދިއުމުގެ ކުށަކީ ޑިކްޓޭޓަރޝިޕަށް އެސް އޭ ނުބުނުން" ކަމަށެވެ

އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ދެރައީސުން ކަމުގައިވާ ރައީސް މައުމޫނާއި ރައީސް ނަޝީދުވެސް ވަނީ ޓްވީޓް ކުރައްވާފައެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރުމާއި ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، މިހާރުން މިހާރަށް ދެ ބޭފުޅުން މިނިވަން ކުރަންޖެހޭ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓުވީޓްގައި ވިދާޅުވެފައި ވަނީ، އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރުމަކީ ރައީސް އަބްދުﷲ ޔާމީނަށް ގޮތް ހުސްވެފައިވާކަމުގެ ދަލީލެއް ކަމަށެވެ. އަދި ފާރިސް އާއި އިމްރާން ވަރަށް އަވަހަށް މިނިވަންވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކުރީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ފާރިސް ބަންދުކޮށްފައި ބެހެއްޓިއިރު، ފާރިސް ހުންނަވާ ޖަލު މަރާމާތު ކުރުމަށް ކަމަށް ބުނެ ގެއަށް ބަދަލުކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ހޮނިހިރު ދުވަހު ފާރިސް އަނބުރާ ޖަލަށް ގެންދިޔައިރު، ގޭބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ހޮނިހިރު ދުވަހު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. ޝެއިހް އިމްރާން ޖަލަށް ބަދަލު ކޮށްފައވާއިރު، އެމަނިކުފާނު އެންމެ ފަހުން ގޭބަންދަށް ބަދަލުކުރީ މީގެ މަސްދުވަސްކުރިން، ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 ނޮވެންބަރ 2017 | ބުދަ 07:25
ރާއްޖެ ތެރެމީހާ
އަމިއްލަ ފިހާރާގަ މަސައްކަތް ކުރި މީހުންނަށް ފުރަތަމަ މުސާރަ ދީބަލަ. ދެން އެހެންމީހުންނަށް ހައްޤު ހޯދަދޭން ނިކުމެބަލަ. މިކޮމެންޓް ނުޖަހަ ދޭނެކަން އިނގޭ
23 އޮކްޓޯބަރ 2017 | ހޯމަ 14:42
jailam
kuvverin thibey mee jaluga. keekkuranq wethah ahareh fahun kujjaku hoadhee e ee eynage amilla kameh. kuh kurumakee vea amilla kameh. dheenee meehunge namuga siyaasee vegen katu jassa meehunnakee beykaaru baeh