ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 23:10
ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ - އެމަނިކުފާނު ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފަ
ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ - އެމަނިކުފާނު ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފަ
އަޒުމޫން އަހުމަދު
ރައީސް ނަޝީދު
ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަން ރައީސް ނަޝީދު ޤަބޫލުފުޅު ކުރައްވައިފި: ޝައިނީ
އެއް ކެނޑިޑޭޓަކު ނެރުއްވަން މަސައްކަތްކުރައްވަނީ އަމިއްލަފުޅަށް އިންތިހާބުގައި ވާދަަނުކުރެއްވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާތީ
އިންތިޤާލީ ވެރިކަމެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވަނީ އަލުން އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ހޯއްދެވުމަށް
ހޮނިހިރު ދުވަހު ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން 2018 އަހަރުގެ އިންތިހާބަށް އެއް ކެނޑިޑޭޓެއް ނެރުއްވަން

ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އަމިއްލަފުޅަށް ގަބޫލުކުފުޅު ކުރައްވައިފިކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

 

މިނިސްޓަރ ޝައިނީ އެފަދައިން ވިދާޅުވީ، އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރުންނަށް ރައީސް މުހައްމަދު ނަޝީދު ފޮނުއްވި އޯޑިއޯ މެސެޖަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. އޯޑިއޯގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރެންޖެހޭ ކަމަށެވެ. އަދި އެއް ކެނޑިޑޭޓަކު ނެރި އިންތިޤާލީ ވެރިކަމެއް ޤާއިމްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

 

ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއް ކެނޑިޑޭޓަކު ނެރުމަށް ނަޝީދު މަސައްކަތްކުރައްވަނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން އަމިއްލައަށް ޤަބޫލުފުޅުކުރެއްވިގެން ކަމަށެވެ. އަދި އިންތިޤާލީ ވެރިކަމެއް ޤާއިމްކުރެއްވުމަށް މަސައްކަތްކުރައްވަނީ އަމިއްލަފުޅަށް އިންތިހާބުގައި ވާދަކުރެއްވޭނެ މަގުފަހިކުރެއްވުމުގެ ގޮތުން ކަމަށް ވެސް ޝައިނީ ވިދާޅުވެފައިވެއެވެ.

 

 

ރައީސް ނަޝީދު އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފަހު ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި 2018 ގެ ރިޔާސީ އިންތިޚާބުގައި އިންތިހާބުވާންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށެވެ. އަދި އިންތިގާލީ ރައީސްގެ މަސައްކަތަކަށް ވާންޖެހޭނީ އިންތިގާލީ މަރުހަލާއެއްގައި އިންތިގާލީ މުއްދަތެއްގައި ކުރަން ހުރި މަސައްކަތްތައް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

 

"2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އިންތިހާބުވާންޖެހޭނީ އިންތިގާލީ ވެރިއެއް. އެ ވެރިމީހާގެ މަސައްކަތަކަށް ވާންޖެހޭނީ އިންތިގާލީ މަރުހަލާއެއްގައި އިއްތިގާލީ މުއްދަތެއްގައި ކުރާންހުރި މަސައްކަތްތައް. ހާއްސަ ގޮތެއްގައި ޖުޑިޝަރީ އިސްލާހު ކުރުމާއި ވެރިކަމުގެ ކަންކަން އިސްލާހު ކުރުން. މިދަންނަވާ އިސްލާހުގެ ތެރެއިން އެ އިންތިގާލީ ވެރިކަން ދިވެހިރާއްޖެއަށް އިންސާފުވެރި އިންތިހާބެއް ބޭއްވޭނޭ މަޝްރަހެއް ބޭއްވޭނޭ ޖާގައެއް ހޯދާދެވެންޖެހޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސަމާހު
- ކޮމެންޓް