ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 19:14
އެއަޕޯޓް ސެކިއުރިޓީ އޮފީހުގައި އަލިފާން ރޯވެފައި
އެއަޕޯޓް ސެކިއުރިޓީ އޮފީހުގައި އަލިފާން ރޯވެފައި
ޓްވިޓަރ
އަލިފާނުގެ ހާދިސާ
އެއާރޕޯޓް ސެކިއުރިޓީ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގޭ
އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ސެކިއުރިޓީ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހޮނިހިރު ދުވަހު ހިނގައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ އެއާރޕޯޓް ސެކިއުރިޓީ އޮފީހުގައި އަލިފާނުގެ ކުޑަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެއާރޕޯޓުގައި އުޅުއްވާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ މީޑިއާ އޮފިޝަލް ހަސަން އަރީފް ވިދާޅުވީ އެ ސަރަހައްދުގައި އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގޭ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށެވެ.

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް