ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 17:27
ގާސިމް އިބްރާހިމާއި އަބްުދުﷲ ރިޔާޒު ފޮޓޯއަކަށް ހުއްޓިވަޑައިގެން
ގާސިމް އިބްރާހިމާއި އަބްުދުﷲ ރިޔާޒު ފޮޓޯއަކަށް ހުއްޓިވަޑައިގެން
އަޒުމޫން އަހުމަދު
ޖުމްހޫރީ ޕާޓީ
އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން އިންތިހާބަށް ކުރިމަތިލުމުގެ މަޝްވަރާއަށް ތައްޔާރު: ޖޭޕީ
ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް މަޝްވަރާ ކުރަން ތައްޔާރު ކަމަށް ބުނެފައިވޭ
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ އަހަރު
އިދިކޮޅު އެއްވެސް ޕާޓީއަކުން އަދި ރިޔާސީ ކެންޑިޑޭޓެއް ކަނޑަނާޅާ

އަންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތަކާ ބެހޭ މަޝްވަރާތައް ކުރުމަށް ތައްޔާރު ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

 

ޖުމްހޫރީ ޕާޓީން އެކަން ހާމަ ކުރެއްވީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓުވީޓެއްގަ އެވެ.

 

ރިޔާސީ އިންތިހާބު އަންނަ އަހަރު އޮންނައިރު 2019 ގައި އޮންނާނީ ރައްޔިތުންގެ މަޖިލިސް އިންތިހާބެވެ. މި އިންތިހާބުތަކަށް ކެންޑިޑޭޓަން ނެރުމުގެ މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީން ތައްޔާރު ކަމަށް ބުނެފައިވާއިރު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

 

އެގޮތުން އެމަނިކުފާނު ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރެ، އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ގޮވާލައްވާފަ އެވެ. ނަޝީދު އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭ ގޮތުން ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި 2018 ގެ ރިޔާސީ އިންތިޚާބުގައި އިންތިހާބުވާންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށެވެ. އަދި އިންތިގާލީ ރައީސްގެ މަސައްކަތަކަށް ވާންޖެހޭނީ އިންތިގާލީ މަރުހަލާއެއްގައި އިންތިގާލީ މުއްދަތެއްގައި ކުރަން ހުރި މަސައްކަތްތައް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

 

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އިސް ގިނަ ބޭފުޅުންތަކެއް މިހާރު ތިއްބެވީ ޖަލު ހުކުމެއްގަ އެވެ. އެހެން ކަމުން އެ ބޭފުޅުންނަށް ގާނޫނުގައި ބުނާ ގޮތުން އަދި އޮތީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތަކަށް ނޫނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ އެންމެ އިސް ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ އެންމެ އިސް ލީޑަރު ޝެއިހް އިމްރާނާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ގާނޫނަށް އިސްލާހް ގެނެސްގެން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
22 އޮކްޓޯބަރ 2017 | އާދީއްތަ 07:06
މާލިމީ
މޑޕ ގެ ފަރާތުން ހަމަޖެއްސި ކެންޑިޑޭޓް ޢަބްދުﷲ ރިޔާޒަށް އެގިވަޑައިގަންންވާއިރު ހަމަނުޖައްސާ ވާހަކަ ވިދާޅުވީމާ ދެރަ ދެއްތޯ