ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 14:51
ސީރިއާ ހަނގުރާމައިގައި ހަރަކާތްތެރިވާ ދިވެހިންތަކެއް
ސީރިއާ ހަނގުރާމައިގައި ހަރަކާތްތެރިވާ ދިވެހިންތަކެއް
ރާއްޖެއެމްވީ
ސީރިއާ ހަނގުރާމައަށް
ސީރިއާ ހަނގުރާމައަށް ދިޔަ ދެ ދިވެއްސަކު ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި
ފާއިތުވި 30 ދުވަހުގެ ތެރޭގައި ފަސް މީހަކު މިވަނީ ހައްޔަރު ކޮށްފައި
ސީރިއާ ހަނގުރާމައަށް ގިނަ އަދަދެއްގެ ދިވެހިން ދާކަމަށް ބުނޭ

ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ދެ ދިވެއްސަކު ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި އެވެ.

ފުލުހުން ބުނީ ސީރިއާ ހަނގުރާއަށް ދިޔަކަށް ތުހުމަތު ކުރެވޭ ދެ ދިވެއްސަކު ތުރުކީން ހައްޔަރުކޮށް، ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ތުރުކީ މަގުން ސީރިއާއަށް އެތެރެވާން އުޅެނިކޮށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ރާއްޖެ ގެނެސްފައި ވަނީ ހުކުރު ދުވަހު ކަމަށާއި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުކުރު ދުވަހު ހާޒިރު ކުރުމުން އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް ސީރިއާއަށް ދިޔަކަމަށް ބުނެ ހައްޔަރު ކޮށްފައިވާ  އެ ދެ މީހުންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ސީރިއާ ހަނގުރާމައަށް ދިޔަކަމަށް ބުނެ ތިން މީހަކު ހައްޔަރުކޮށްގެން ނެގެސްފައި ވެއެވެ. 

ފުލުހުން ބުނެފައި ވަނީ އެތިން މީހުން ހައްޔަރު ކޮށްފައި ވަނީ ވެސް ތުރުކީ މަގުން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ތުރުކީ ސިފައިންނާއެކު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

 ދޭތެރެ ދޭތެރެއިން ސީރިއާގެ ހަނގުރާމައަށްދާ ކަމުގެ އަޑުތައް ފެތުރޭއިރު، ސީރިއާއަށް އެތެެރެވުމުގެ ކުރިން ބައެއް ދިވެހިން ހައްޔަރު ކޮށްފައި ވެސް ވެއެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ތުރުކީގައި ފަސް މީހަކު ހިފަހައްޓާފައިވާއިރު މެލޭޝިޔާއިން ވެސް ވަނީ ދެ ދިވެއްސަކު ހަނގުރާމައަށް ދާން އުޅެނިކޮށް އަތުލައިގަނެ، ރާއްޖެ ފޮނުވާފައެވެ. ނަމަވެސް އެ މީހުން ފުލުހުން ހައްޔަރުކޮށްފައެއް ނުވެއެވެ. 

ސީރިއާގެ ހަނގުރާމައަށް ދަނިކޮށް ހައްޔަރު ކުރި ތިން މީހެއްގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންވެ.

ސީރިޔާއަށް ހަނގުރާމައަށް ދާން އުޅުނުކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ، ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވީލާ، އަހުމަދު ސުހައިލް މޫސާ އާއި، ތ. ގާދިއްފުށީ ކެނެރީގޭ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް