ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 12:12
ރާއްޖޭގެ ފުޓްބޯޅަ އަދި ފުޓްސަލް ބައެއް ރެފްރީންނާއެކު އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލު ފޮޓޯއަކަށް ހުއްޓިގެން
ރާއްޖޭގެ ފުޓްބޯޅަ އަދި ފުޓްސަލް ބައެއް ރެފްރީންނާއެކު އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލު ފޮޓޯއަކަށް ހުއްޓިގެން
އެފްއޭއެމް
ފުޓްސަލް - ފުޓުބޯޅަ
ފުޓްސަލް އަދި ފުޓުބޯޅަ ރެފްރީން ވަކިކުރުމުގެ މަސައްކަތް އެފްއޭއެމް އިން ފަށައިފި
ދިވެހި ލީގުގައި ބިދޭސީ ރެފްރީން އަންނަނީ ބޭނުންކުރަމުން
ރެފްރީންގެ ކަންތައް ހައްލުކުރުމަށް އެފްއޭއެމް އިން އަންނަނީ މަސައްކަތްކުރަމުން

ފުޓްސަލް އަދި ފުޓުބޯޅަ ރެފްރީން ވަކިކުރުމުގެ މަސައްކަތް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަށައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ އެކްސްކޯ މެމްބަރު އަދި ރެފްރީސް ކޮމިޓީގެ ޗެއާމަން އަލީ އުމަރު ވިދާޅުވީ، ފުޓްސަލް އާއި ފުޓުބޯޅަ ރެފްރީން ވަކިކުރަން ގަވައިދުގައި ވެސް އޮންނަ ކަމަށާއި، އެހެންނަމަވެސް ފަހަކަށް އައިސް ފުޓްސަލް އަދި ފުޓުބޯޅަ ރެފްރީން މަސްހުނިވުމުން އެ ދެ ކުޅިވަރުގެ ރެފްރީން ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

މި ބަދަލާއެކު، ފުޓުބޯޅަ އަށް ރެފްރީކުރާ ރެފްރީންނަށް ފުޓްސަލްގައި ރެފްރީކަން ނުކުރެވޭނެއެވެ. ބެލެވޭ ގޮތުގައި މި ގަވައިދު މި އަހަރު ވުޖޫދަށް އައިސް، އަންނަ އަހަރުން ފެށިގެން މި ގަވައިދަށް އަމަލުކުރަން ފެށޭނެއެވެ.  

ރެފްރީންގެ ކަންތައް ހައްލުކުރުމަށް އެފްއޭއެމް އިން މަސައްކަތްކުރަމުން އަންނައިރު، ރެފްރީސް ކޮމިޓީއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ރެފްރީސް ޑިޕާޓްމަންޓާ ހަވާލުވެގެން ހުރި އަހުމަދު އަމީޒު ވަނީ އެ މަގާމުން ވަކިކޮށް، މުހައްމަދު ހާޝިމް އެ މަގާމަށް ގެނެސްފައެވެ.

ރެފްރީންގެ މައްސަލަ ފެންމަތިވީ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައެވެ. އެ މެޗު ރެފްރީގެ ނިންމުންތަކާއެކު މެދުކަނޑާލާފައިވާއިރު، އެ މެޗުގެ ރެފްރީ މުހައްމަދު ނިއުޝާދު ވަނީ ސަސްޕެންޑުކޮށްފައެވެ.

އެ މެޗަށް ފަހު އެފްއޭއެމް އިން ވަނީ ދިވެހި ރެފްރީންގެ މައްސަލަ ހައްލުވަންދެން ބިދޭސީ ރެފްރީން ބޭނުންކުރަން ފަށާފައެވެ. އެގޮތުން ދިވެހި ލީގުގައި އަދިވެސް ދަނީ ބިދޭސީ ރެފްރީން ބޭނުންކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 އޮކްޓޯބަރ 2017 | ހޮނިހިރު 12:17
ދުވާފަރު މީހާ
ތީ ވަރަށް ރަނގަޅު ކަމެއް.. ވަރަށް މައްސަލަ ދިމާވޭ..