ކ. މާލެ
|
20 އޮކްޓޯބަރ 2017 | ހުކުރު 18:17
އެމްޑީޕީގެ އެތެރޭގެ އިންތިހާބު އެޕާޓީގެ ހަރުގޭގައި ކުރިއަށް ދަނީ
އެމްޑީޕީގެ އެތެރޭގެ އިންތިހާބު އެޕާޓީގެ ހަރުގޭގައި ކުރިއަށް ދަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީގެ އިންތިހާބު
އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ވޯޓްލައި ނިމިއްޖެ، ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރާނެ
އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައި
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމާށް ކުރިމަތިލެއްވީ ވަނީ އަލީ ނިޔާޒު އެކަނި
150 ވޯޓް ފޮށި ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ބަހައްޓާފައި

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގެ ވޯޓުލުން ނިންމާލާފިއެވެ.

ހުކުރު ދުވަހު ހަވީރު 15:00 އިން ފެށިގެން ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓްލުން ކުރިއަށް ގެންދިޔަ މި އިންތިހާބުގެ ވޯޓްލުން ނިންމާލާފައި ވަނީ ހުކުރު ދުވަހު ހަވީރު 18:00 ގައެވެ. އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީ އާއި ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމަށް ބޭފުޅުން އިންތިހާބްކުރުމަށް ބާއްވާ މި އިންތިހާބްގައި ވޯޓްގައި ބައިވެރިވެފައި ވަނީ އެޕާޓީގެ ރަށު ކައުންސިލް މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންގެ އިތުރުން ގޮފިތަކުގެ ރައީސުންނެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން ބުނީ ވޯޓްލައި ނިމުމާ އެކު، ވޯޓް ފޮށި ބެހެއްޓިފައި ތަންތަނުގައި ވޯޓް ގުނުމަށް ފަހު ވަގުތީ ނަތީޖާ ހުކުރު ދުވަހުގެ ރޭ އިއުލާން ކުރެވޭނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައިވާއިރު ވާދަވެރި ކެމްޕެއިންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު (އެންސްޕާ ވަހީދު) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމާށް ކުރިމަތިލެއްވީ އަލީ ނިޔާޒް އެކަންޏެވެ. އެމަޤާމަށް އަލީ ނިޔާޒް އިންތިޚާބުވިކަން ރަސްމީކޮށް ކަށަވަރުވާނީ އިންތިޚާބުގައި ވޯޓު ނަގާއިރު މަދުވެގެން 10 ޕަސެންޓް ވޯޓު ލިބުމުންނެވެ. ނިޔާޒަކީ ކުރިން އެޕާޓީގެ ޗެއަރޕާސަން މާލީގެ މަޤާމްގައި ވެސް ހުންނެވި ބޭފުޅާއެވެ.

ޗެއަރޕާސަން ނައިބު އިދާރީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕް ކޮމެޓީއާއި ކެމްޕެއިން ކޮމެޓީ ޗެއަރކުރެއްވުން އަދި ޗެއަރޕާސަން ނެތިއްޖެ ހާލަތެއްގައި އެމަޤާމް ފުރުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް