ކ. މާލެ
|
20 އޮކްޓޯބަރ 2017 | ހުކުރު 02:23
ފާތިމަތު އިބްރާހިމް އައްޑޫ ސިޓީއަށް ވަޑައިގެން، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި
ފާތިމަތު އިބްރާހިމް އައްޑޫ ސިޓީއަށް ވަޑައިގެން، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި
ޓްވިޓަރ
މެޑަމް ފާތިމަތު އިބްރާހީމް
މެޑަމް ފާތިމަތު އިބްރާހިމް އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފި
މިދަތުރުގައި އައްޑޫގެ ރައްޔިތުންނާ ބައްދަލު ކުރާނެ
މެޑަމް ކުރައްވާ މިދަތުރުގެ ތަފްސީލުތައް ހާމަކޮށްފައެއް ނުވޭ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމް އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފި އެވެ.

 

މި ދަތުރުފުޅަކީ މެޑަމް ފާތުމަތު އިބްރާހިމް ކުރިއަށްގެންދާ "އެންމެ ގާތުން" ކެމްޕެއިންގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. އައްޑޫ ސިޓީއަށް ވަޑައިގަތުމުން އައްޑޫ ސިޓީން އެކަމަނާއަށް ހޫނު މަރުހަބާއެއް ލިބިގެންދިޔަ ކަމަށް މެޑަމް ފާތިމަތު އިބްރާހިމްގެ އޮފިޝަލް ޓްވިޓާ އެކައުންޓުގައި ހާމަކޮށްފައިވެ އެވެ.

 

މި ދަތުރުފުޅަކީ ކިހާ ދުވަހަކަށް ކުރައްވާ ދަތުރުފުޅެއްކަން އަދި ސާފެއް ނުވެ އެވެ. މި ދަތުރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތަފްސީލުވެސް ލިބިފައިނުވެ އެވެ. އެހެން ނަމަވެސް އެކަމަނާ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައލޫމާތު ލިބެ އެވެ.

 

"އެންމެ ގާތުން" ކެމްޕެއިންގެ ތެރެއިން މިދިޔަ އޮގަސްޓް މަހު، މެޑަ ފާތިމަތު އިބްރާހިމް ގއ. އަތޮޅަށް ވަޑައިގެންނެވި އެވެ. މީގެ އިތުރުން މިއަހަރުގެ ކުރީ ކޮޅު ގދ. އަތޮޅަށާއި ހއ. އަތޮޅަށްވެސް ވަޑައިގަންނަވާފައިވެ އެވެ. އަދި ނ. އަތޮޅާއި ކ. އަތޮޅާއި ހދ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް