ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 22:28
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބުދުﷲ ކަމާލުއްދީން
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބުދުﷲ ކަމާލުއްދީން
އަބުދުﷲ ނަސީރު އިބްރާހިމް
ވިލިނގިލީ ޖަލްސާ
ޑިކްޓޭޓަރުންގެ އެންމެ ބޮޑު ހަތުރަކީ އަދުލު އިންސާފު: އަބުދުﷲ ކަމާލުއްދީން
ސްޕެއިންގެ މަޝްހޫރު ކުރެހުންތެރިޔާ ޕަބްލޯ ޕިކާސޯގެ ބޭ އިންސާފު ރަމްޒުކޮށްދޭ ކުރެހުމަކާއި މި ސަރުކާރު ވައްތަރު

ޑިކްޓޭޓަރުންގެ އެންމެ ބޮޑު ހަތުރަކީ އަދުލު އިންސާފުކަމަށް ޖުމްހުރީ ޕާޓީގެ ނައިބު ލީޑަރު އަބުދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

 

ގއ. ވިލިނގިލީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން،ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް ވަރަށްބޮޑަށް ނުސީދާކޮށް ފާޑުވިދާޅުވަމުން އެމަނިކުފާނު  ވަނީ ބޭ އިންސާފު ރަމްޒުކޮށްދޭ، ސްޕެއިންގެ މަޝްހޫރު ކުރެހުންތެރިޔާ ޕަބްލޯ ޕިކާސޯގެ ވަރަށް މަޝްހޫރު ކުރެހުމަކާއި މި ސަރުކާރު ވައްތަރު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރި މީހާގެ އަތުގައި ހުރިހާ ބާރުތަކެއް ވާ ގޮތަށް ސިފަވާ މި ކުރެހުމާއި ސަރުކާރުގެ ސިފަތަކާ ވައްތަރު ގޮތެއް އެބަހުއްޓެވެ.

 

އެކުރެހުމާ އެއްގޮތަށް ރާއްޖޭގެ ކަންކަން ދިޔަނުދިނުމަށް އެންމެން ގެއަށް ނުވަދެ ހައްގުތައް ހޯދުމަށް އަތުކުރި އޮޅާލައިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ. 

 

އަބުދުﷲ ކަމާލުއްދީން ވިދާޅުވީ، ސިޔާސީ ލީޑަރުންނަށް މި ސަރުކާރުން ދަނީ ތަފާތު އުނދަގޫތައް ކޮށް ފިންތުންތައް ކުރިމަތި ކުރުވަމުން ކަމަށެވެ.. އެހެންނަމަވެސް އެކަންކަމާ ބިރުން ފަހަތަށް ނުޖެހި އެބޭފުޅުން ދަނީ އެ މަސައްކަތުގައި ހިތްވަރާ އެކު ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ފެށި މަސައްކަތް ނިންމާލައްވާނީ ކާމިޔާބީ ހާސިލްކުރެއްވުމަށް ފަހުގައި ކަމަށް ވެސް  ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް