ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 22:09
ހައްޔަރުކުރި ޑްރައިވަރު ދުއްވި ކަމަށް ބުނާ ޓެކްސީ
ހައްޔަރުކުރި ޑްރައިވަރު ދުއްވި ކަމަށް ބުނާ ޓެކްސީ
ރާއްޖެ އެމްވީ
ބަދުއަޚްލާގީ އަމަލު
ޓެކްސީއަކަށް އެރި 14 އަހަރުގެ ކުއްޖަކާ ބެހުނު ކަމަށް ބުނެ ޑްރައިވަރަކު ހައްޔަރުކޮށްފި
ފުލުހުން ވެސް ވަނީ އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފައި

ޓެކްސީއަކަށް އެރި އުމުރުން 14 ވަރަކަށް އަހރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސޯ ގޯނާކުރިކަމުގެ ތުހުމަތުގައި ކާރު ޑްރައިވަރު ބަންދުކޮށްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރުން އެދަތުރު ނެގީ ބޮޑުތަކުރުފާނު މަގުން ބާސްކެޓް ކޯޓުންނެވެ. ބާސްކެޓް ކުޅެ ނިންމާފައި ގެއަށްދާން ކާރަށް އެރި މިކުއްޖާއަށް ޖިންސީ ގޯނާ ކުރަމުން ގޮސް ތަނަކަށް މަޑުކޮށްގެން އޮވެ ޖިންސީ އަމަލު ހިންގުމަށް އެ ޑްރައިވަރު ވަނީ މަސައްކަތް ކޮށްފައެވެ. 

ރާއްޖެ އެމްވީއަށް މައުލޫމާތު ހިއްސާކުރި މަންޒަރު ދުށް މީހަކު ވަނީ އެކާރު ފުލުހުން ހިފަހައްޓައިގެން ތިބި ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. އެ ކާރު ވަނީ ކޯޑްން ކޮށްފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ޑްރައިވަރު މިހާރު ވަނީ  ހައްޔަރުކޮށްފައެވެ. އަދި ތަހުގީގަށް ބޭނުންވާ ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކާ ގަދަކަމުން ބަދްއަޚްލާގީ އަމަލް ހިންގަން އުޅުމުގެ ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 އޮކްޓޯބަރ 2017 | ހުކުރު 07:49
ހެއްސޯ ހުތާ
ތި ޑުރައިވަރު ހަވަރަށް ދޭން ފެނޭ.