ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 21:46
މީގެ ދުވަސްތަކެއް ކުރިން، މާލޭ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެފައި
މީގެ ދުވަސްތަކެއް ކުރިން، މާލޭ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެފައި
ޓްވިޓަރ
އަލިފާނުގެ ހާދިސާ
ބަނޑޮސް އައިލެންޑް ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި ރޯވެއްޖެ
ދޯނީގައި 17 މީހުން، އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

ބަނޑޮސް އައިލެންޑް ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި ރޯވެއްޖެ އެވެ.

 

އެމްއެންޑީއެފުން ބުނީ، ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 21:30 ހާއިރުކަމަށެވެ.

 

ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެމްއެންޑީއެފުން ބުނީ "ރަނގަޅު 2" ނަމަކަށް ކިޔާ މި ދޯނި ދަތުރުކުރީ ހުޅުލެއިން މުދާ ހިފައިގެން ރ. އަތޮޅު ކުޑަފުށި ރިސޯޓަށް ކަމަށާއި ހާދިސާ ހިނގި އިރު 17 މީހުން ތިބި ކަމަށެވެ. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ އިރު އިންޖީނުގައި ރޯވުމުން ދޯނި މީހުން ފޯމް ޖަހައިގެން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް