ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 18:34
ސްކޫލެއްގައި އިމްތިހާނު ކުރިއަށްދަނީ: އިމްތިހަން ޕޭޕަރު ކިޔައިދިން މައްސަލައެއް ވަނީ ފެންމަތިވެފައި
ސްކޫލެއްގައި އިމްތިހާނު ކުރިއަށްދަނީ: އިމްތިހަން ޕޭޕަރު ކިޔައިދިން މައްސަލައެއް ވަނީ ފެންމަތިވެފައި
މިހާރު
އެސްއެސްސީ އިމްތިހާން
އެސްއެސްސީ އިމްތިހާންގެ އިސްލާމް ޕޭޕަރު ކިޔަދިން މައްސަލަ ފެމަތިކުރި ދެ މުދައްރިސަކަށް ފިޔަވަޅު އަޅައިފި
ފިޔަވަޅުއެޅި ދެ މުދައްރިސުންނަކީ މައްސަލަ އޭސީސީއަށް ހުށައެޅުމުގައި ވެސް އުޅުން ދެ މުދައްރިސުން
އެ ދެ މުދައްރިސުންނަށް ވަނީ ޕޭޕަރު މާކުކުރުމާއި، މޮޑަރޭޝަންގައި ބައިވެރިނުވެވޭ ގޮތަށް ފިޔަވަޅުއަޅާފައި
މައްސަލައަކަށް ވެފައި ވަނީ ޕޭޕަރު ތައްޔާރުކުރި މުދައްރިސުން ޕޭޕަރުގައިވާ ބައިތައް ދަރިވަރުންނަށް ކިޔާދީފައި ވާތީ

އެސްއެސްސީ އިމްތިހާންގެ އިސްލާމް ޕޭޕަރު ދަރިވަރުންނަށް ކިޔައިދިން މައްސަލައެއް ފެންމަތިވެ، އެކަން ފާހަގަކުރި ދެ މުދައްރިސަކަށް އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅު އަޅައިފި އެވެ.

 

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި އެސްއެސްސީ އިމްތިހާންގެ އިސްލާމް ޕޭޕަރު ދަރިވަރުންނަށް ކިޔައިދިން މައްސަލައެއް ފެންމަތިވެފައި ވަނީ އެސްއެސްއީ އަދި އެޗްއެސްސީގެ އިސްލާމް ޕޭޕަރު ތައްޔާރުކުރި ސެންޓަރ ފޯ ހަޔަރަ ސެކެންޑަރީ އެޑިއުކޭޝަން (ސީއެސްއެސްއީ) އަދި ވިލާ އިންޓަނޭޝަނަލްގެ މުދައްރިސުން ޕޭޕަރު ތައްޔާރުކުރުމަށް ފަހު ދަރިވަރުންނަށް އެ ޕޭޕަރުގައިވާ ބައިތަކާއި، ޕޭޕަރުގައި ހިމެނޭ ސުވާލުތައް ކިޔާދީފައިވާތީ އެވެ. އަދި ކުދިން ވެސް އެގޮތަށް އެ މުދައްރިސުން ޕޭޕަރުގައި ހިމެނޭ ބައިތަކާއި، ސުވާލުތައް ކިޔާދީފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެއެވެ.

 

އެގޮތަށް ތުހުމަތުކުރެވި މައްސަލައިގެ ހަޤީޤަތް ހޯދުމަށް މަސައްކަތްކުރުމުން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން، ޕޭޕަރު މާކުކުރުމުގައި މަސައްކަތްކުރާ ސީނިއާ ދެ މުދައްރިސަކު ޕޭޕަރު މާކުކުރުމާއި، މޮޑަރޭޝަންގައި ބައިވެރިނުވެވޭ ގޮތަށް ފިޔަވަޅުއަޅާފައިވާކަން ރާއްޖެޓީވީއަށް އެނގިފައި ވެއެވެ.

 

ރާއްޖެޓީވީއަށް އެނގިފައިވާގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ފިޔަވަޅު އަޅާފައި ވަނީ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅި ދެ މުދައްރިސަކަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އަދި އެޑިއުކޭޝަން މިނިސްޓްރިގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޕޭޕަރު ލީކްކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕޭޕަރު ލީކްނުވާ ކަމަށް ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 އޮކްޓޯބަރ 2017 | ބުރާސްފަތި 22:08
Acc
Mahsala akee Acc ah mahsala hushahelhu. Faisaa ah paper vikki meehun e ee hama baraabaru barh. Kadaey bro
19 އޮކްޓޯބަރ 2017 | ބުރާސްފަތި 19:39
މަންމަ
ކޮންމެހެން ކިޔާދޭކަށް ނުޖެހޭ. މަސައްކަތް ކުރާކުދިންނަށް މާތްﷲ ބަރަކާތް އެކަމުގައި ލަެއވާނެ.
19 އޮކްޓޯބަރ 2017 | ބުރާސްފަތި 19:25
Namee
Paper leak nuvey ebunany hama ekani bahunn.. Paper oiy gotah ehvess kuhjakah kurinn fenifai nuvaathy.. Ekmm paper gai huri suvaal thah dharivarunnah kiyaadhy esuvaalthah farithakuruvaa eee hama paper leak vunn or copy kurun noontho.. Paper leak nuve ey bunaairu paper ge nazaahai therikan vanyy gehlifaii... Male ge baeh school thakuge Mock aa Islam paper libunyma balaalyma enegeyny nazaahai therikan hurii minnvaru..e