ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 16:30
ރައީސް ނަޝީދު އީޔޫގެ ޑެލިގޭޝަނާ ބައްދަލުކުރައްވަނީ
ރައީސް ނަޝީދު އީޔޫގެ ޑެލިގޭޝަނާ ބައްދަލުކުރައްވަނީ
ޓްވިޓަރ
ރައީސް ނަޝީދު
ވިލާތުގެ އިއްތިޙާދުގެ ސަފީރުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
މި ބައްދަލުވުމުގައި ސިޔާސީ މަސްރަހާއި، 2018ވަނަ އަހަރުގެ އިންތިޚާބާ ގުޅޭ މަޝްވަރާތައް ކުރެވުނު

އަވަށްޓެރި ސްރީލަންކާގައި ތިއްބަވާ ވިލާތުގެ އިއްތިހާދުގެ ސަފީރުންނާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

ކޮޅުނބުގައި ބުރާސްފަތި ދުވަހު ބޭއްވި މިބައްދަލުވުމުގައި ލަންކާގައި ހުންނަ ދިވެހިރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައިވާ އީޔޫގެ ވަފުދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުއިރު، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

ދާދިފަހުން ވެސް އީޔޫގެ ޕާލަމެންޓުން ރާއްޖޭގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިހަފްތާގައި ބޭއްވުނު އައިޕީޔޫގެ އެސެމްބްލީގައި ވެސް އީޔޫއިން ކަންބޮޑުވުން ފާޅުކުރި މެމްބަރުންނާ ގުޅުން ހުރި މައްސަލަތަކުގައި އައިޕީޔޫއިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ކުރީގެ ރައީސް ނަޝީދު މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައި ނަމަވެސް، އެމަނިކުފާނު ދޭތެރެ ދޭތެރެއިން ކޮޅުނބަށް ވަޑައިގެން ދިވެހިންނާއި ބައްދަލުކުރައްވައި، ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ބޭރުގެ ސަފީރުންނާ ބައްދަލުކުރައްވައެވެ. ބައިނަލްއަޤްވާމީ މުޖްތަމައައާ އެކަހެރި ސިޔާސަތެއް ސަރުކާރުން ގެންގުޅުނު ނަމަވެސް، އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކި ޤައުމުތަކާއި ޖަމާޢަތްތަކާ އެކު ގުޅުން ބަދަހިކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް