ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 13:52
ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ޝެއިޚް މުހައްމަދު މޫސާ
ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ޝެއިޚް މުހައްމަދު މޫސާ
ދިއިސްލާމް
ޖޭއެސްސީއިން މައްސަލަ
ފުލުހުންތަކަކާ ބައްދަލުނުކުރެއްވި ކަމަށް ބުނެ ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ބަލަނީ
ބައްދަލުކުރަން ދިޔަ ފުލުހުންތަކަކާ ބައްދަލުނުކުރި މައްސަލަ
ޖޭއެސްސީއިން މައްސަލަ ބަލަން ފެށީ މިދިޔަ ހަފްތާގައި
އިސް މެޖިސްޓްރޭޓަކަށް ޝެއީޚް މުހައްމަދު މޫސާ ހަމަޖެއްސީ 2013 ގައި

ފުލުހުންތަކަކާ ބައްދަލުނުކުރެއްވި ކަމަށް ބުނެ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ޝެއިޚް މުހައްމަދު މޫސާގެ މައްސަލައެއް ޖޭއެސްސީއިން ބަލަން ފެށީ މިދިޔަ ހަފްތާގަ އެވެ.

ޝެއިޚް މުހައްމަދު މޫސާގެ މައްސަލަ ބަލަން ފެށީ، އޭނާއާ ބައްދަލުކުރަން ދިޔަ ހަތަރު ފުލުހަކާ ބައްދަލުނުކުރެއްވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅޭ ގޮތުން ޖޭއެސްސީގެ ބަހެއް ހޯދަން ރާއްޖެއެމްވީއިން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.

ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމަށް ޝެއިޚް މުހައްމަދު މޫސާ ހަމަޖައްސަވާފައިވަނީ 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
19 އޮކްޓޯބަރ 2017 | ބުރާސްފަތި 21:44
ނައިފަރޭ
މުހައްމަދު މޫސާ އެމްޑީޕީއަކަށް ތާއީދެއް ނުކުރޭ.. ލަލަލާ