ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 14:46
ކުރީގެ ޔޫތު މ
ކުރީގެ ޔޫތު މ
ޓްވިޓަރ
މަލީހު
ޕީއެސްއެމްއަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާާ ސަރުކާރުގެ ޕްރޮޕަގެންޑާ މެޝިނެއް: މަލީހު ޖަމާލް
އޮޑިޓަރ ޖެނެރަލްފަދަ މިނިވަން މުއައްސަސާއަކުން ޕީއެސްއެމްފަދަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދޭން ހަވާލުކުރުން ގޯސް: މަލީހު

އޮޑިޓަރ ޖެނެރަލް އޮފީހުގެ މައުލޫމާތު ފޯރުކޮށްދޭން، ޕީއެސްއެމްފަދަ ވަކިފަރާތަކަށް ބުރަވެފައިވާ ބަޔަކާ ހަވާލުކުރުން ގޯސްކަމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑީއާ ޕީއެސްއެމްއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ދެމެދު ސޮއެކުރެވުނު އެމްއޯޔޫއާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މިޓްވީޓާއި ގުޅޭގޮތުން ރާއްޖެ.އެމްވީއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަލީހު ވިދާޅުވީ ޚަބަރު ފަތުރާ ހުރިހާ ވަޞީލަތަކަށްވެސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެކަމަށެވެ. އަދި ވަކި ފަރާތަކަށް ފޯރުކޮށްދީފައި އަނެއް ބަޔަކަށް ފޯރުކޮށްނުދިނުމަކީ އޮޑިޓަރ ޖެނެރަލްއަށް ކުރެވޭނެ ކަމެއް ނޫންކަމަށް މަލީހު ވިދާޅުވިއެވެ.

ޕީއެސްއެމްއާއި އޮޑިޓް އޮފީހާއި ދެމެދު ސޮއެކުރެވުނު އެމްއޯޔޫގެ ދަށުން އޮޑިޓް ރިޕޯރޓްތަކާއި، އޮޑިޓް އޮފީހުގެ ހަރަކާތްތައް ކަވަރުކުރުމުގައި ޕީއެސްއެމްއިން ވަކި ޚާއްސަ މިންގަނޑުތަކެއް ގެންގުޅެން ޖެހެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އޮޑިޓް ރިޕޯރޓްތަކުން ފާހަގަވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފޮރުވަން ސަރުކާރުން އެޅި ފިޔަވަޅެކެވެ.

މިކަމާއި ގުޅިގެން މަލީހު ވިދާޅުވީ "ޕީއެސްއެމްއަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ވަކި ފަރާތަކަށް ޖެހިފައިވާ ސަރުކާރުގެ ޕްރޮޕަގެންޑާ މެޝިނެއް. އެފަދަ ބަޔަކަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރެވޭނެކަމަކަށް ނުދެކެން".

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް