ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 13:53
ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ރާއްޖެ ޓީވީއަށް އިންޓަރއެއް ދެއްވަނީ
ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ރާއްޖެ ޓީވީއަށް އިންޓަރއެއް ދެއްވަނީ
ރާއްޖެއެމްވީ
ރައީސް މައުމޫންގެ ޓްވީޓް
އައިޕީޔޫގެ ބަޔާނަށް މައުމޫން މަރުހަބާ ދަންނަވައިފި
އައިޕީޔޫގެ ބަޔާނުގައި ފާރިސްގެ މައްސަލައަށްވެސް އަލިއަޅުވާލާފައިވޭ

ރާއްޖެ ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުގެ މަޖިލިސް މެމްބަރުންގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިންޓަރ ޕާލަމެންޓްރީ ޔޫނިއަންއިން ނެރުނު ބަޔާނަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަޖިލިސް މެމްބަރުންގެ ޙާލަތާއި ރާއްޖޭގެ ކަންކަން ބެލުމަށް އައިޕީޔޫގެ ފެކްޓް ފައިންޑިންގ މިޝަންއެއް ފޮނުވުމަށް އައިޕީޔޫގެ މެމްބަރުންގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނިންމި ނިންމުމަށް ތާޢިދުކުރައްވާކަމަށެވެ.

އައިޕީޔޫގެގެ އެސެމްބްލީއަށް ރާއްޖޭގެ އިދިކޮޅު މެމްބަރުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުކުމަކާއި ނުލައި ޖަލުގައި ބަންދުކޮށްގެން އުޅޭ މައްސަލަ ހިމެނެއެވެ. މަޖިލިސް މެމްބަރުންތަކެއް ހައްޔަރުކޮށް، ބައެއް މެމްބަރުންގެ ގޮނޑިތައް ގެއްލުވާލި މައްސަލައިގައި އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސިފައިން މަޖިލިސް ހިސާރުކޮށްގެން ތިބޭ މައްސަލައިގައިވެސް އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ޓްވީޓްކުރެއްވިއިރު ރައީސް މައުމޫން ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާއިއެކު މެލޭޝިއާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް