ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 13:04
މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ
މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ
އަޒުމޫން އަހުމަދު
ސަޕްލިމެންޓްރީ ބަޖެޓް
އަހަރު ނިމެން ދެމަހަށް، ކުއްލިއަކަށް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް!
މި އަހަރު ޖުލައި މަހު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ވާހަކަތަކެއް ދެކެވުނު
މިއީ ފަހުގެ ތާރީހެއްގައި ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަހަޅާ ފުރަތަމަ ފަހަރު
ބަޖެޓް ނެތިގެން ބައި އިލެކްޝަންތައް ވެސް ނުބޭއްވިފައި

އަހަރު ނިމެން ދެމަސް ދުވަހަށް ކައިރިވެފައި ވަނިކޮށް ސަޕްލިމެންޓްރީ ބްޖެޓެއް ހުށަހެޅުމަށް ނިންމައިފި އެވެ. 

ބުދަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެމަށް ނިންމާފައިވާ ކަމަށެވެ. އަދި ސަޕްލިމެޓްރީ ބަޖެޓް އަންނަ ހަފްތާގައި މަޖިލީހަށް ހުށަހެޅުމަށްޓަކައި އަންނަ ހަފްތާގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

"އަންނަ ހަފްތާގައި ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ފޮނުވާނެ ކަމަށް ބެލެވެނީ. މިހާރު އަޅުގަނޑުމެންނަށް އެ  (ސަޕްލިމެންޓްރީ ބަޖެޓް) ލިބިފައިވާނެ ކަމަށް ބެލެވެނީ. އެހެންވެއްޖެ ކަމަށްވަންޏާ އަންނަ ހަފްތާގައި އެޖެންޑާ ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ،" ރިޔާޒު ވިދާޅުވި އެވެ. 

ރިޔާޒު ވިދާޅުވީ  ސަޕްލިމެންޓްރީ ބަޖެޓަކީ މީގެކުރިންވެސް ދެކެވިފައިވާ ވާހަކަތަކެއް ކަމަށާއި މިއަހަރުގެ ޖުލައި މަހުގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ވާހަކަތަކެއް ދެކެވުނު ކަމަށެވެ. ރިޔާޒު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިގެންދާއިރު އެއާއެކުއެކީގަހެން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުން އޮންނަ އުސޫލުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި އޮކްޓޯބަރު މަހުގެ 31ގެ ކުރިން މަޖިލީހަށް ހުށަހެޅުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓްގެ ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް އަރާާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ބައި އިލެކްޝަން ބޭއްވުމުގެ ތައްޔާރީތައް ވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، ބައި އިލެކްޝަންތައް ބޭއްވުމަށް ފައިސާ ހޯދުމަށް ފައިނޭސް މިނިސްޓްރީގައި ވަނީ އެދިފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާތަނަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.

މީގެއިތުރުން، ގާނޫނުގައި ބުނާ 60 ދުވަހުގެ ތެރޭގައި ބައިލެކްޝަންތައް ބާއްވާ މެމްބަރުން އިންތިހާބު ކުރަންޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް މިވަނީ އިންތިހާބު ބޭއްވޭގޮތްނުވެފަ އެވެ. 

ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައި ފިނޭންސް މިނިސްޓްރީ ވަނީ ސަރުކާރުގެ އޮފީސްތަކަށް އެކަން އަންގާފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް