ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 23:51
ސުއޫދު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަނީ
ސުއޫދު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަނީ
އަބުދުﷲ ނަސީރު އިބްރާހިމް
ދުސްތޫރީ ފަސާނާ
ޢަދްލު އިންސާފް ހޯދަންވެސް މިއަދު ރާއްޖޭގައި ބިރުގަނޭ:ސުއޫދު
ތިމާ އަމިއްލައަށް ގޮސް އަދުލު އިންސާފު ހޯދަން އުނދަގޫ ހިސާބަށް މިހާރު ވަނީ ގޮސްފައި
އަދުލު އިންސާފު ހޯދަން ބިރުވެރިކަމެއްގެ ގޮތުގައި އޮންނަނީ އޭގެ ސަބަބުން އަދަބު ތަކެއް ލިބިދާނެ ކަމުގެ ބިރުވެރިކަން މުޅި މުޖުތަމައުގައި އަށަގެންނެވުމުގެ ރޫހެއްގައި މަސައްކަތް ކުރެވެމުންދާތީ

ރާއްޖޭގައި މިއަދު ޢަދްލު އިންސާފް ހޯދުމަށް ދާންވެސް ބިރުގަންނަ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލުން ޖުޑިޝަރީގެ މައްސަލަތަކުގެ ވާހަކަ ދެއްކެވުމުން މިހާރުވެސް ސަސްޕެންޑް ކޮށްފައިވާ ސުއޫދު ވިދާޅުވީ ރާއްޖޭގައި މިހާރުގެ ޙާލަތު ހުރިގޮތުން އަދްލު އިންސާފަކީ ވަރަށް އަބުއި އެއްޗެއް ކަމަށާއި އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫން ކަމަށެވެ.

ސުއޫދު ވިދާޅުވީ އަދްލު އިންސާފްގެ ވާހަކަ ދައްކަންވެސް ބިރުގަންނަ ހިސާބަށް ގޮސްފައިވާ ކަމަށާއި  އެވާހަކަ ދައްކައިފިނަމަ ބްލެކްލިސްޓް ވެގެންދާ ކަމަށް އަމިއްލައަށް ޤަބޫލް ކުރެވޭވަރަށް ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

"އޭނާއަކީ މުޖުތަމައުގެ އޮއިވަރާ އެއްގޮތައް ދަތުރުކުރާ މީހެއް ނޫނޭ. އެހެންވެ އެމީހަކުވެސް އެގޮތައް ބްރޭންޑް ވާކަށްވެސް ނޭދޭ. އެހާހިސާބުގައި މިއޮތީ އަދުލު އިންސާފްގެ ވާހަކަ ދެއްކުމާ އަދުލު އިންސާފު ހޯދަން ބިރުގަންނަ ވަރުގަ. ތިމާ އަމިއްލައަށް ގޮސް އަދުލު އިންސާފު ހޯދަން އުނދަގޫ ހިސާބަށް މިހާރު ވަނީ ގޮސްފައި" ސުއޫދު ވިދާޅުވިއެވެ.

މިހާރު މިއޮތް ޤާނޫން އަސާސީ ހެއްދެވުމުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އުޅުއްވި ސުއޫދު ވިދާޅުވީ އަދްލު އިންސާފް ހޯދުމަށް އުޅުމަކީ ބިރުވެރިކަމެއް ކަމުގައި ގިނަ ބަޔަކަށް ޤަބޫލް ކުރެވިފައި އޮންނަ ކަމަށް ވިދާޅުވެ އެފަދަ ބައެއް ހަޤީގީ މިސާލުތައް ވިދާޅުވެ ދެއްވާފައެވެ.

"އަދްލު އިންސާފް ހޯދަން ބިރުވެރިކަމެއްގެ ގޮތުގައި އޮންނަނީ އޭގެ ސަބަބުން ގެއްލުން ތަކެއް ނުވަތަ އަދަބު ތަކެއް ލިބިދާނެ ކަމުގެ ބިރުވެރިކަން މުޅި މުޖުތަމައުގައި އަށަގެންނެވުމުގެ ރޫހެއްގައި މަސައްކަތް ކުރެވެމުންދާތީ" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ މިހާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި މުޖުމަތަމައުގެ ތެރޭގައި އަދްލު އިންސާފްގެ ވާހަކަ ދައްކައި އަދްލު އިންސާފް ލިބިގަތުމުގެ މަސައްކަތް ފެށުމުން އެމީހަކަށް އެހެނިހެން ނުރައްކާތައް ހުރިކަން ޤަބޫލް ކުރާ ކުރެވުން ނައްތާލުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.  

ސުއޫދު ވިދާޅުވީ ޢަދްލު އިންސާފް ނުލިބުމުގެ ކަންކަން ޤާނޫނީ ވަކީލުންނަށް ވުމުން އެނގޭވަރު ތަންކޮޅެއް ބޮޑު ކަމަށާއި އެފަދަ ކަންކަން ޢާއްމުން ހިއްސާ ކުރަމުންދާ ކަމަށެވެ. ސުއޫދު ވަނީ އެފަދަ އިތުރު މައްސަލަތައްވެސް ފަސާނާގެ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް