ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 22:06
ރައީސް ނަޝީދު ލަންކާގައި ތިބޭ އެމްޑީޕީ މީހުންނާ ބައްދަލު ކުރައްވަނީ
ރައީސް ނަޝީދު ލަންކާގައި ތިބޭ އެމްޑީޕީ މީހުންނާ ބައްދަލު ކުރައްވަނީ
ޓްވިޓަރ
ރައީސް ނަޝީދު
ކޮޅުނބުގައި ދިރިއުޅޭ އެމްޑީޕީ މެންބަރުންނާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
މިބައްދަލު ކުރެއްވުން އޮތީ ބުދަދުވަހު ހަވީރު
ރާއްޖޭގެ ސިޔާސީ މަސްރަހާއި ޕާޓީގެ ކަންކަމާމެދު މަޝްވަރާކުރެއްވި
އިތުރު މެންބަރުންނާ ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައި

އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ އެމްޑީޕީގެ މެންބަރުންނާ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ ހާލަތުގެ ސަބަބުން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ބައްދަލު ކުރައްވާފައިވަނީ ކޮލުނބުގައި ދިރިއުޅޭ އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެމަނިކުފާނާ ބައްދަލު ކުރައްވަން އެދިފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނާއެވެ.

ބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ އޮފިޝަލަކު ރާއްޖެ އެމްވީއަށް ވިދާޅުވީ މިބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދު ވަނީ އެފަރާތްތަކުގެ ޚިޔާލް ހޯއްދަވާ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވާފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ހިނގަމުންދާ ކަންކަމާއި ޕާޓީގެ ކަންކަމުގެ އިތުރުން އިސްލާހީ މަސައްކަތުގައާއި ޕާޓީގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ކަންކަމާމެދު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމްޑީޕީގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ހަވީރު ބޭއްވި މިބައްދަލުވުމުގައި ބައްދަލު ނުކުރެއްވުނު ފަރާތްތަކާ ކުރިއަށް އޮތްތަނުގައިވެސް ރައީސް ނަޝީދަށް ވަގުތުވީ މިންވަރަކުން ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ

ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ދިރިއުޅުއްވިނަމަވެސް ދޭތެރެދޭތެރެއިން ގެންދަވަނީ ސްރީލައްކާއަށް ވަޑައިގަންނަވަމުންނެވެ. އަދި ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ގިނަ ކަންކަން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ލަންކާގައި ތިއްބަވާ ރާއްޖެއަށް ކަނޑައަޅުއްވާފައި ތިބި ބޭރުގެ އެކިއެކި ޑިޕްލޮމޭޓުންނާއި ބޭރުގެ އެކިއެކި މިޝަންތަކާއި ރައީސް ނަޝީދު ގެންދަވަނީ ދޭތެރެދޭތެރެއިން ބައްދަލު ކުރައްވާ ރާއްޖޭގެ ހާލަތު އެފަރާތްތަކާ ހިއްސާ ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް