ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 19:31
އައިޕީޔޫގެ ނިމުނު ދައުރުގެ ރައީސް، ރަޝިޔާގެ ރައީސް އަރިހުގައި
އައިޕީޔޫގެ ނިމުނު ދައުރުގެ ރައީސް، ރަޝިޔާގެ ރައީސް އަރިހުގައި
ޓްވިޓަރ
ރާއްޖެ - އައިޕީޔޫ
މަޖިލިސް މެމްބަރުންގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަ މައްސަލަ އައިޕީޔޫގެ ސަމާލުކަމަށް!
އައިޕީޔޫއިން ވަނީ ރާއްޖެއަށް ފެކްޓް ފައިންޑިންގ މިޝަންއެއް ފޮނުވުމަށް ގޮވާލާފައި
މެމްބަރުންގެ ޝަރީޢަތްތަކާއިމެދު ކަންބޮޑުވޭ

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި، އިތުރު 3 ޤައުމެއްގެ ޤާނޫން ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަ މައްސަލައާއި އެމީހުންނަށް ކުރިމަތިވާ ދުއްތުރާތަކުގެ މައްސަލައިގައި އިންޓަރޕާލަމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އައިޕީޔޫގެ 137ވަނަ އެސެމްބްލީއަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އިދިކޮޅު މެމްބަރުންނާއި ދެކޮޅަށް ހިންގަމުންދާ ޝަރީޢަތްތަކާއި މެދު ކަންބޮޑުވާ ކަމަށެވެ. އަދި ޤާނޫނީ ހަމައެއް ނެތި 7 މެމްބަރެއްގެ ގޮނޑި ގެއްލުވާޅާފައިވާކަން އައިޕީޔޫއިން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއިއެކު މަޖިލިސް އިދާރާގެ ތެރެއަށް އަސްކަރިއްޔާއިން ވަދެ، މަޖިލިސް ހިސޯރުކޮށްފައިވާ މައްސަލަވެސް އައިޕީޔޫއިން ވަނީ ކަންބޮޑުވުމާއިއެކު ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއާއި ކެމްބޯޑިއާ، އަދި ވެނެޒުއޭލާއާއި ތުރުކީވިލާތަށް އައިޕީޔޫގެ މެމްބަރު ޤައުމުތަކުގެ ޤާނޫން ހަދާ މަޖިލިސް މެމްބަރުންގެ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ކޮމިޓީ ޒިޔާރަތްކޮށް، މެމްބަރުންގެ އިންސާނީ ހައްޤުތަކުގެ މައްސަލަ އިތުރަށް ދިރާސާކުރުމަށް އައިޕީޔޫގެ މެމްބަރު ޤައުމުތަކުން ވަނީ ގޮވާލާފައެވެ.

އައިޕީޔޫއިން ރާއްޖޭގެ މަޖިލިސް މެމްބަރުންނާއިމެދު ސަލާމަތީ ބާރުތަކާއި ސަރުކާރުން އަމަލުކުރަމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިމިވަނީ ވެރިކަންކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވަފުދެއް ޖެނީވާގައި އައިޕީޔޫގެ ރައީސްއާއި ސެކެޓްރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައި ވަނިކޮށެވެ.

ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގްގައި ކުރިއަށްދިޔަ އައިޕީޔޫގެ 137ވަނަ އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއައި ކޯލިޝަން ޕާޓްނަރ އެމްޑީއޭގެ މެމްބަރުން އެކަންޏެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް