ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 17:43
ހައުސް ޕްލާޒާގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ
ހައުސް ޕްލާޒާގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ
ރާއްޖެ އެމްވީ
ޕީޕީއެމް
ޕީޕީއެމްގެ ޖަގަހަ ހެދުމުގެ މަސައްކަތުގައި ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން، އެކަމެއް ޕީޕީއެމްއަކަށް ނޭނގެ
ޖަގަހަ ހެދުމަށް މަސައްކަތް ކުރަނީ ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން
ޕީޕީއެމްގެ ޖަގަހައެއް ހަދާކަން އެޕާޓީއަކަށް ނޭނގެ
ޕީޕީއެމްގެ ބޭނުންތަކުގައި ހައުސިންގް މިނިސްޓްރީގެ ވަހިކަލް ބޭނުން ކުރޭ

ހައުސް ޕްލާޒާގައި ވެރިކަންކުރާ ޕީޕީއެމްގެ ޖަގަހައެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ނޭގޭކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝީ ބިލްޑިންގް ކުރިމަތިން، ބުރުޒު މަގުގައި ހުންނަ ހައުސް ޕްލާޒާ އިމާރާތުގައި ޕީޕީއެމްގެ ޖަގަހައެއް ހެދުމުގެ މަސައްކަތުގައި ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވާތީ އެކަމާއި ގުޅިގެން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެތަނުގައި ޖަގަހެއް ހެދުމުގެ މަސައްކަތް ކުރާކަން އެނގިފައި ނުވާ ކަމަށެވެ. އަދި  ޖަގަހައެއް ހަދާ ކަމަށްވާނަ އެކަން ކުރާނީ ގާނޫނާއި ޤާވައިދާ އެއްގޮތަށް ކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

"ޝީ ބިލްޑިންގް ކައިރީގައި އަޅުގަނޑުމެންގެ ޕާޓީގެ ޖަގަހެއް ހަދަމުންދާ ކަމެއް އަޅުގަނޑަކަށް އަދި މިހާތަނަކަށް މައުލޫމާތު ލިބިފައެއް ނެތް، އެކަން ހިނގާކަމަށްވާނަމަ، ހުޅުވާކަމަށްވާނަމަ، ހުޅުވާނީ އޮންނަ އުސޫލެއްގެ ތެރެއިން، ސަރުކާރުގެ ހަމަޖެހިފައި އޮންނަ އުސޫލެއްގެ ތެރެއިން" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުލްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޖަހަގަ ހެދުމުގެ މަސައްކަތް ކުރަނީ ހައުސިންގް މިނިސްޓްރީގެ މުވައްޒަފުންނަނެވެ. އެ ޖަގަހަ ހެދުމަށް ބޭނުންވާ ތަކެތި ހައުސިންގް މިނިސްޓްރީގެ ވަހިކަލްގައި އެތަނަށް ގެންދިޔަ މަންޒަރު ރާއްޖެޓީވީގެ ނޫސްވެރިންނަށް ފެނިފައިވެސްވެއެވެ.

އަދި އެތަނުގައި މަސައްކަތް ކުރާ ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ބުނީ، ހައުސް ޕްލާޒާގައި ހަދަނީ ޕީޕީއެމްގެ ޖަގަހައެއް ކަމަށެވެ. އަދި ޖަގަހައިގެ މަސައްކަތް ކުރުމަށް އެމީހުންނަން އެންގީ މިނިސްޓްރީން ކަމަށްވެސް މަޢުލޫމާތު ދިން މީހާ ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
18 އޮކްޓޯބަރ 2017 | ބުދަ 21:23
އަދުރޭ
ރައީސް ޔާމީނަށް އެނގޭބާ ފާތުމަ އެއީ އަނބިކަނބުލޭގެކަން؟
18 އޮކްޓޯބަރ 2017 | ބުދަ 20:17
ތިމަންނަ
ބަލަގަ! އެއީ އެއްޗެއް އެގޭ މީހެއް ނޫނެވެ.