ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 17:21
ރައީސްގެ ދެ ކަނބަލުން މާލެވަޑައިގަތީ، ބުދަ ދުވަހުގެ މެންދުރުފަހު
ރައީސްގެ ދެ ކަނބަލުން މާލެވަޑައިގަތީ، ބުދަ ދުވަހުގެ މެންދުރުފަހު
ރައީސް އޮފީސް
ރައީސްގެ ޔޫއޭއީ ދަތުރުފުޅު
ޔޫއޭއީގެ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާލެވަޑައިގަންނަވައިފި
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީ ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައި
ރާއްޖެއާއި ޔޫއޭއީ އާ ދެމެދު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ޔޫއޭއީގެ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން ބުދަ ދުވަހު މާލެވަޑައިގަންނަވައިފިއެވެ.

ރައީސްގެ ދެކަނބަލުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް މި ކުރެއްވި ދަތުރުފުޅަކީ، އެ ގައުމުގެ ރައީސް ހިޒް އެކްސެލެންސީ ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާންގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

 

ރައީސްގެ ދެ ކަަނބަލުން މާލެވަޑައިގެންފައި ވަނީ ބުދަ ދުވަހުގެ މެންދުރުފަހު ގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީ ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫއޭއީ އާ ދެމެދު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވާފައެވެ.

 

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސް މުޙައްމަދު ލުވެއިޒް ބައިވެރިވެވަޑައިގެންނެވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް