ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 12:43
ވިލިނގިލީ ގެނބުނު މީހުން ސަލާމަތް ކުރުމަށް ހިންހި އޮޕަރޭޝާންގެ ތެރެއިން
ވިލިނގިލީ ގެނބުނު މީހުން ސަލާމަތް ކުރުމަށް ހިންހި އޮޕަރޭޝާންގެ ތެރެއިން
ފާތިމަތު ޝަނާ މުހައްމަދު
މީހަކު ގެނބުން
ގއ. ވިލިނގިލީގައި ދެމަފިރިއަކު ގެނބި ފިރިހެން މީހާ މަރުވެއްޖެ
ފިރިހެން މީހާ ފެނިފައިވަނީ މޫދު އަޑިން
ފިރިހެން މީހާ ގެނައި އިރު ވެސް އޮތީ ހަރަކާތް ހުއްޓިފައި
އަންހެން މީހާގެ ހާލު ރަގަޅު

ގއ. ވިލިނގިލީގައި މޫދަށް އެރިއުޅެނިކޮށް ދެމަރިފިރިއަކު ގެނބި ފިރިހެން މީހާ މަރުވެއްޖެއެވެ. 

ފުލުހުންގެ މީޑިއާ އިން ބުނީ ވިލިނގިލީގައި ކައިރީގައި އޮންނަ ފަޅު ރަށަކަށް މޫދަށް ގޮސް އުޅުނު ދެ މީހަކު އޮޔާދިއުމުގެ ސަބަބުން އެތަނުން އެކަކު ގެނބިފައިވާ ކަމަށާއި އޭނާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. އޭނާ ފެނިފައި ވަނީ ހޯދަމުން ދަނިކޮށް މޫދު އަޑިން ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށެވެ. 

ފުލުހުން ބުނީ މަރުވެފައި ވަނީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކ. ކާށިދޫ، މަލަސް،އުމުރުން 29 އަހަރުގެ މުހަމައްދު ހަނީފް ކަމަށެވެ. 

 ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ، ހެނދުނު 10:30 ހާއިރު މިދެމަފިރިން ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށިކަމަށާއި މިދެ މީހުން ގެއްލިފައިވަނީ، ދަތުރު ގޮސް އުޅެނިކޮށް ކަމަށެވެ. 

މިކަމުގެ ތެރޭގައި އުޅުނިކޮށް އެރަށުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އިތުރު ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް