ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 22:46
ޕީޕީއެމް ޖަލްސާއަށް ކާނިވާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން
ޕީޕީއެމް ޖަލްސާއަށް ކާނިވާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން
ޓްވިޓަރ
ޕީޕީއެމް
އާދައިގެމަތިން ޕީޕީއެމް ޖަލްސާއަށް ކާނިވާ ތައްޔާރުކުރުމުގައި މިނިސްޓްރީގެ މުވައްޒަފުން!
ޖަލްސާ އޮންނާނީ 19 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެރޭ
ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަނީ ކުލަހެދުމުގައި
ކުރިންވެސް މިފަދަ މައްސަލަ ފެންމަތިވެފައިވޭ

ބުރާސްފަތި ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި ބާއްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރެލީއަށް އެ ސަރަޙައްދު ތައްޔާރު ކުރުމުގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާއި އެމްއާރުޑީސީގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަ ފެންމަތިވެއްޖެއެވެ.

 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޮކްޓޯބަރ 19 ވަނަ ދުވަހުގެރޭ ބޭއްވުމަށް ތައްޔާރުވަމުންދާ ޖަލްސާއަށް ކާނިވާ ސަރަޙައްދު ތައްޔާރުކުރުމަށް އެތަނުގައި ކުރަންޖެހޭ އެކި އެކި މަސައްކަތްތައް ކުރުމުގައި ހަރަކާތްތެރިވަމުންދަނީ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނެވެ. އެގޮތުން އެ ސަރަޙައްދުން ކުންޏާއި ގައު ހޮވައި، ސަރަޙައްދުގެ ވެލިގަނޑު އެއްވަރުކޮށް، ސަރަޙައްދު ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އެފަރާތްތަކުން ވަނީ ހަރަކާތްތެރިވެފައެވެ.

 

 

ކުލަ ހެދުމުގައި ހައުސިންގ މިނިސްޓްރީގެ ބިދޭސީ މުވައްޒަފުން މަސައްކަތް ކުރަމުންދިޔައިރު އެމީހުންނަކީ މިނިސްޓްރީގެ މުވައްޒަފުންކަން އެ ފަރާތްތަކުން ވަނީ ބައެއް ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.

 

ޕީޕީއެމްގެ އެކި ހަރަކާތްތަކަށް ތަންތަން ތައްޔާރުކުރުމަށް މީގެ ކުރިންވެސް ހައުސިންގ މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްފައިވާއިރު، ސަރުކާރުން އެކި ފަހަރު މަތިން ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.

 

ބުރަސްފަތި ދުވަހުގެރޭގެ ޖަލްސާއަށް ކާނިވާ ތައްޔާރުކުރުމަށް ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރާ މައްސަލައިގައި އެ މިނިސްޓްރީން އަދި ޖަވާބުދާރީ ވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް