ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 22:42
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
ހިއުމަން ރައިޓްސް ކައުންސިލް
ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު
އިންތިހާބުގައި ރާއްޖެއިން ބައިވެރިނުވާން މާކުރިން ނިންމި ސަބަބު ސާފު
ފަހުގެ ދައުރަކަށް ކުރިމަތިލުމަށް ނިންމާ، ދިވެހި ސަރުކާރުން ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ނަން އަނބުރާ ގެންގޮސްފަ
އިންތިހާބުގައި ރާއްޖެ ބައިވެރިނުވި ނަމަވެސް ހޯމަދުވަހުގެރޭ ނެގި ވޯޓުގައި ހަތަރު ގައުމަކުން ރާއްޖެއަށް ވޯޓު ދީފައިވެ

ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެދަނީ ބާކީވަމުންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

ރައީސް މުހައްމަދު ނަޝީދު އަންގާރަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބުގައި ރާއްޖެއިން ބައިވެރިނުވާން މާކުރިން ނިންމި ސަބަބު ސާފުވާ ކަމަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބާކީވެފައި އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

 

ރައީސް ނަޝީދު މިހެން ވިދާޅުވީ، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ ގޮނޑިއަށް ވާދަކުރުމަށްފަހު ނަން އަނބުރާ ގެންދިޔަ ގެންދިޔުމަށް އިޝާރަތް ކުރައްވައެވެ.

 

 

ކުރިއަށް އޮތް ދައުރުގެ މެންބަރުކަން ހޯދުމުގައި ޜާއްޖެ ނާކާމިޔާބުވިއިރު، 2010 ން 2013 އަށް، އަދި 2013 އިން 2016 އަށް، ރާއްޖެއިން ވަނީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ކޮށްފައެވެ.

 

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލު އެކުލެވިގެން ވަނީ، އެފްރިކާގެ 13 ޤައުމަކާއި، އޭޝިއާގެ 13 ޤައުމަކާއި، އިރުމަތީ ވިލާތުގެ 6 ޤައުމަކާއި، ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 8 ޤައުމަކާއި، ދެކުނު ވިލާތާއި އެހެނިހެން ޤައުމުތައް ހިމެނޭގޮތަށް 7 ޤައުމަކާއިއެކު، ޖުމްލަ 47 ޤައުމެއްގެ މައްޗަށެވެ.

;މި އިންތިޚާބުގައި އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމަށް ޤައުމުތައް އިންތިޚާބުކުރަނީ އދގެ އާންމު ޖަލްސާއަކުންނެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމުގެ އިންތިޚާބުގައި ރާއްޖެއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅަކީ، ރައްޖޭގައި ސަރުކާރުން އިންސާނީ ޙައްޤުތައް ހަނިކޮށް، އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ކަމުގެ ގިނަ ތުޙުމަތުތަކެއް ރާއްޖެއާއި މެދު ކުރެވޭ ދަނޑިވަޅެކެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމުގެ އިންތިޚާބުގައި ރާއްޖެ ނާކާމިޔާބާއި ކުރިމަތިލާން ޖެހުނުއިރު، ރާއްޖެއިން ދަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ މެންބަރުކަމަށްވެސް ވާދަކުރަމުންނެވެ. އަދި މިފަހަރު ރާއްޖެއަށް ބޮޑަށް މުހިއްމީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ނޫން ކަމަށާ، މުހިއްމީ އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކަމަށް ދިވެހި ސަރުކާރުން އެކި ފަހަރުމަތިން ވަނީ ބުނެފައެވެ.

އިންތިހާބުގައި ރާއްޖެއިން ވާދަކުރުމަށް، ޖޫން 2016ގައި ހުށައެޅި ކަމުގައި ވީނަމަވެސް، މި ދައުރުގެ އިންތިހާބުގައި ވާދަނުކޮށް، ފަހުގެ ދައުރަކަށް ކުރިމަތިލުމަށް ނިންމާ، ދިވެހި ސަރުކާރުން ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ނަން އަނބުރާ ގެންގޮސްފަ އެވެއެގޮތަށް ނިންމި ސަބަބެއް ކަމަށް ސަރުކާރުން ބުނެފައިވަނީ ސަރަހައްދީ އެއްބާރުލުމަށް ވާގިި ދިނުމަށާއި، އ.ދ. ގެ ސަލާމަތީ މަޖިލީހުގެ 2019 އިން 2020 ގެ ދައުރަށް ރާއްޖެއިން ކުރިމަތިލާފައިވާތީ، އެކަމަށް އިސްކަން ދިނުމުގެ މަގުސަދަގައި ކަމަށެވެ.

އިންތިހާބުގައި ރާއްޖެ ބައިވެރިނުވި ނަމަވެސް ހޯމަދުވަހުގެރޭ ނެގި ވޯޓުގައި ހަތަރު ގައުމަކުން ރާއްޖެއަށް ވޯޓު ދީފައިވެ އެވެ. ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ރާއްޖެއަށް ތާއީދު ކުރި ގައުމުތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
18 އޮކްޓޯބަރ 2017 | ބުދަ 09:40
މިގޭ
ބާކި ވެފަހުރި މީހަކު ކޮން ބާކީއެއްގެ ވާހަކަ ދައްކަން. ވ.ސަލާމް ލޮލް