ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 19:52
ކަސްޓަމްސްއިން ބަނގުރަލާއި އޫރުމަސް ނައްތާލަނީ
ކަސްޓަމްސްއިން ބަނގުރަލާއި އޫރުމަސް ނައްތާލަނީ
ކަސްޓަމްސް
ކަސްޓަމްސް
ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި
މިއީ އެކި އެކި ސަަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުރި ތަކެތި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް އަދި އޫރުމަސް އެކުލެވޭ ތަކެތި ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި، ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

ކަސްޓަމްސްއިން ބުނީ އަންގާރަ ދުވަހު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ އެކިއެކި ސަބަބުތަކާހެދި ކަސްޓަމްސްގައި ހިފެހެއްޓިފައިހުރި  ބަނގުރަލުގެ ބާވަތްތައް އެކުލެވޭ 89،353 ފުޅިއާއި 1108 ދަޅު ބިޔަރާއި 3411 ކިލޯގެ އޫރުމަސް ކަމަށެވެ.  

ކަސްޓަމްސްއިން ބުނީ އެތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން މިފަދަ ތަކެތި ނައްތާލުމަށް ޤާއިމްކުރެވިފައިވާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ. އަދި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް