ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 19:50
ޑީ.ޕީ ވަރލްޑްގެ ސީ.އީ.އޯ އަދި ޗެއަރމަން ސުލްޠާން އަޙްމަދު ބިން ސުލޭމާން އާއި ރައީސް ބައްދަލުކުރެއްވުން
ޑީ.ޕީ ވަރލްޑްގެ ސީ.އީ.އޯ އަދި ޗެއަރމަން ސުލްޠާން އަޙްމަދު ބިން ސުލޭމާން އާއި ރައީސް ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސްގެ ޔޫއޭއީ ދަތުރުފުޅު
ރާއްޖޭގައި ޒަމާނީ ބަނދަރެއް ޤާއިމްކުރުކުރުމާ ގުޅޭގޮތުން އަލުން މަޝްވަރާކޮށްފި
ވިޔަފާރީގެ އެކި ދާއިރާތަކުން ވަނީ މަޝްވަރަކުރެވިފައި
މިއީ ޔޫއޭއީ އަށް ރައީސް ޔާމީން ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅު
ތިލަފުށީގައި ވިޔަފާރި ބަނދަރެއް ހެދުމަށް ޑީޕީ ވޯލްޑާ ހަވާލުކުރަން ކުރިން ނިންމި

ތިލަފުށީގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރެއް ހަދަން ހުށަހެޅި، ދުބާއީ ޕޯޓް ވޯލްޑް (ޑީޕީ ވޯލްޑް) އާއެކު ބަނދަރެއް ހަދަން ރާއްޖޭން އަލުން މަޝްވަރާކޮށްފި އެވެ.

މިކަމަށް މަޝްވަރާކުރީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޔުނައިޓެޑް އަރަބް އިމާރާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޑީ.ޕީ ވޯލްޑްގެ ސީއީއޯ އަދި ޗެއަރމަން ސުލްޠާން އަޙްމަދު ބިން ސުލޭމާންއެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.

 

މި ބައްދަލުކުރެއްވުމުގައި  ރާއްޖޭގައި ޒަމާނީ ބަނދަރެއް ޤާއިމްކުރުމުގެ އިތުރުން، ދިވެހިރާއްޖެއަށް ފައިދާހުރި އުފެއްދުންތެރި ވިޔަފާރީގެ ފުރުސަތުތަކާއި ވިޔަފާރީގެ ރޮނގުން އީޖާދީ ފުރުޞަތުތަކެއް ކައިރި މުސްޠަޤްބަލެއްގައި ލިބިގެންދާނެ ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވެވިއެވެ.

 

ރައީސް ޔާމީން ޔޫއޭއީއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި،  ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

 

ތިލަފުށީގައި ޒަމާނީ ވިޔަފާރި ބަނދަރެއް ހެދުމަށް ޑީޕީ ވޯލްޑާ ހަވާލުކުރަން އިކޮނޮމިކް ކައުންސިލުން 2015 ވަނަ އަހަރު ނިންމުމަށް ފަހު، އެ ނިންމުން އޮތީ ކެންސަލްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް