ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 18:45
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން
ރައީސް އޮފީސް
އެއާޕޯޓް ތަރައްގީކުރުން
އެއާޕޯޓް ތަރައްގީކުރުމަށް އަބޫދާބީ ފަންޑާއެކު ސޮއިކޮށްފި
ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ވެވޭ "ޕްރޮމޯޝަން އެންޑް ރެސިޕްރޮކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓް" އާ ގުޅޭ އެއްބަސްވުމުގަވެސް ވަނީ ސޮއިކޮށްފަ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު ލޯނު އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށްފައި ވަނީ ރައިސް އޮފީހުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އަނބިކަނބަލުން ފާތުމަތު އިބްރާހީމް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމާއެކު ގުޅުން ބަދަހިކުރުމާބެހޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެއްވިކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ލޯނު އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ދުބާއީގެ ރޫލަރސް ކޯޓުގައި އަންގާރަދުވަހު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޔޫ.އޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް ބައިވެރިވެވަޑައިގެންނެވި އެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި އިތުރަށް ހިމެނެނީ "ދަ އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އެންޑް ދަ ޕްރިވެންޝަން އޮފް ފިސްކަލް އިވޭޝަން ވިތް ރެސްޕެކްޓް ޓު ޓެކްސަސް އޮން އިންކަމް އެންޑް ކެޕިޓަލް" އާ، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ވެވޭ "މިއުޗުއަލް އެގްޒަމްޕްޝަން އޮފް ވިސާ ވެއިވަރ އޮން ޑިޕްލޮމެޓިކް އެންޑް އޮފިޝަލް ވިސާސް ފޮރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް ޕާސްޕޯޓް" އާ ގުޅޭ އެއްބަސްވުމެކެވެ. މީގެ އިތުރަށް ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ވެވޭ "ޕްރޮމޯޝަން އެންޑް ރެސިޕްރޮކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓް" އާ ގުޅޭ އެއްބަސްވުމުގަވެސް ވަނީ ސޮއިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ އަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަރިހަށް ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އެނަރޖީ ހިޒް އެކްސެލެންސީ ސުޙައިލް މުޙައްމަދު އަލް-މަޒްރޫޢީ ވަނީ ބުރްޖް ޚަލީފާއަށް ވަޑައިގެން ދެކަނބަލުންނަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.މީގެ އިތުރަށް ބައިނަލްއަޤުވާމީ ވިޔަފާރި ކުންފުންޏެއްކަމަށްވާ ޑީ.ޕީ ވަރލްޑްގެ ސީ.އީ.އޯ އަދި ޗެއަރމަން ސުލްޠާން އަޙްމަދު ބިން ސުލޭމާން ވެސް، މިއަދު ވަނީ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް