ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 12:12
ޕީޖީގެ ކާރުކޮޅު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ
ޕީޖީގެ ކާރުކޮޅު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ
އެމްއެންޑީއެފް
ޕީޖީގެ ކާރު ރޯކުރުން
ބިޝާމްގެ ކާރުކޮޅު ރޯކޮށްލި މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރެވެން ނެތް: ފުލުހުން
ޕީޖީގެ ކާރުގައި ރޯކޮށްލާފައިވަނީ މަމަހުގެ 8 ވަނަ ދުވަހުގެ ރޭ
ތަހުގީގު ކުރުމަށް ފުލުހުން ވަނީ ހާއްސަ ޓީމެއް އެކުލަވާލާފަ
ޖިނާއީ އަދުލުގެ ނިޒާމު ބަލިކަށި ކުރުމަށް ދިން ހަމަލާއެއް

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ ކާރުކޮޅު ރޯކޮށްލި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ޖަނަވަރީ މަގުގައި ޕާކް ކޮށްފައިވާ ބިޝާމްގެ ކާރުކޮޅުގައި ރޯކޮށްލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އެ ޙާދިސާގައި ބޭނުންނުކުރެވޭ ވަރަށް ކާރު ވަނީ އަނފާދަ އެވެ.

ބިޝާމްގެ ކާރުކޮޅު ރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ވަނީ ހާއްސަ ޓީމެއް އެކުލަވާލާފަ އެވެ.

މިމަހުގެ 9 ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ޕްރޮސެކިއުޓަރ ޖެނެރަލް އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެ މުހިއްމު އެއް ފަރާތަށްވާއިރު އެކަމަނާގެ ކާރު ކޮޅުގައި އަލިފާން ރޯކޮށްލުމަކީ، ޖިނާއީ އަދުލުގެ ނިޒާމު ބަލި ކަށި ކުރުމަށް ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމާއި މެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު، ތަސައްވުރެއް އުފެއްދުމަށްޓަކައި ކުރިމަތި ކުރުވި ނުރައްކާތެރި ހަމަލާއެއް ކަމަށް ފުލުހުން ބުނެ އެވެ. 

މި އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް ހިންގައި، ޝަރީއަތްތައް ހުށަހަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
17 އޮކްޓޯބަރ 2017 | އަންގާރަ 20:48
ޭއަދަނު
Gulhigen Jessi stunt ehbas? Thives Hama rayyithumeehaage laari