ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 11:55
 ރައީސް ބުރުޖް ހަލީފާއަށް ވަޑައިގެންނެވުން
ރައީސް ބުރުޖް ހަލީފާއަށް ވަޑައިގެންނެވުން
ރައީސް އޮފީސް
ރައީސް ޔޫއޭއީ ދަތުރު
ރައީސް ޔާމީން ބުރުޖް އަލް ހަލީފާ ބައްލަވާލައްވައިފި
މި ދަތުރުގައި ހަތަރު އެގްރީމެންޓެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައި
ބުރުހް ހަލީފާއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް
މި އިމާރާތް ރަސްމީކޮށް ހުޅުވާލާފައިވަނީ 2010 ވަނަ އަހަރު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އަނބިކަނބަލުން ފާތިމަތި އިބްރާހިމް ދުބާއީގެ ބުރުޖް އަލް ހަލީފާ ބައްލަވާލައްވައިފި އެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތަށް ވަޑައިގެން މެހްމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ޔާމީން ވަނީ ސޮއިކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިންވެސްޓްމަންޓް ޕްރޮޓެކްޝަނާއި އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އާއި ވިސާ ވެއިވާ އޮން ޑިޕްލޮމެޓިކް އެންޑް އޮފިޝަލް ވިސާ އާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާ ބެހޭ އެއްބަސްވުން ހިމެނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރެއްވުމަށް އަބޫދާބީ ފަންޑުން ދިނުމަށް ކަނޑައަޅާފައިވާ 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިކަން ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް ޝެއިހު ހަލީފާ ބިން ޒައިދު އައް ނަހްޔާން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް