ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 11:54
އދ ގެ ހިއުމަން ރައިޓްސް ކައުންސިލް
އދ ގެ ހިއުމަން ރައިޓްސް ކައުންސިލް
ޔޫއެން ފޮޓޯ
ފޮރިން މިނިސްޓްރީ
އދ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެއިން ވާދައެއް ނުކުރޭ: ފޮރިން މިނިސްޓްރީ
ރާއްޖެއަށް ވޯޓް ދިން ހަތަރު ގައުމަށް ފޮރިން މިނިސްޓްރީން ވަނީ ޝުކުރު ދަންނަވާފަ
ސަރުކާރުން ބުނެފައި ވަނީ މިފަހަރު މުހިއްމީ އދ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކަމަށް
ސަލާމަތީ މަޖިލީހުގެ މެމްބަރަކަށް ވުމަށް ސަރުކާރުން ދަނީ ކެމްޕެއިން ކުރަމުން

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ ކުރިއަށް އޮތް ދައުރަށް ރާއްޖެ ވާދަ ނުކުރާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އދ. ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ވާދަ ނުކުރި ނަމަވެސް ރާއްޖެއަށް ވޯޓް ދިން ހަތަރު ގައުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އދ. ހިއުމަން ރައިޓްސް ކައުންސިލުގެ ކުރިއަށް އޮތް ދައުރަށް ރާއްޖެ ވާދަކުރަން ނިންމާ، ކެމްޕެއިން ކުރުމަށްފަހު މިދިއަ ޖުލައި މަހު ވަނީ ވާދަ ނުކުރަން ނިންމާފަ އެވެ. ނަމަވެސް ނަން އަނބުރާ ނުގެންދެ އެވެ. 

ރާއްޖެއަކީ 2010 ން 2013 އަށް، އަދި 2013 އިން 2016 އަށް، އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ކޮށްފައެވެ. ކުރިއަށް އޮތް ދައުރަށް އެކައުންސިލްގެ މެމްބަރުކަމަށް ކެމްޕެއިން ކުރުމަށްފަހު ވާދަ ނުކުރަން ނިންމި ވަކި ސަބަބެއް ސަރުކާރުންއ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ދަނޑިވަޅަކީ، ރައްޖޭގައި ސަރުކާރުން އިންސާނީ ހައްގުތައް ހަނިކޮށް، އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމުގެ ގިނަ ތުހުމަތުތަކެއް ރާއްޖެއާއި މެދު ކުރެވޭ ދަނޑިވަޅެކެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލު އެކުލެވިގެން ވަނީ، އެފްރިކާގެ 13 ގައުމަކާއި، އޭޝިއާގެ 13 ގައުމަކާއި، އިރުމަތީ ވިލާތުގެ 6 ގައުމަކާއި، ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 8 ގައުމަކާއި، ދެކުނު ވިލާތާއި އެހެނިހެން ގައުމުތައް ހިމެނޭގޮތަށް 7 ގައުމަކާއިއެކު، ޖުމްލަ 47 ގައުމެއްގެ މައްޗަށެވެ.

މި އިންތިހާބުގައި އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމަށް ގައުމުތައް އިންތިހާބުކުރަނީ އދގެ އާންމު ޖަލްސާއަކުންނެވެ.

ރާއްޖެއިން ދަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ މެންބަރުކަމަށް ވާދަކުރަމުންނެވެ. އަދި މިފަހަރު ރާއްޖެއަށް ބޮޑަށް މުހިއްމީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ނޫން ކަމަށާ، މުހިއްމީ އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކަމަށް ދިވެހި ސަރުކާރުން އެކި ފަހަރުމަތިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް