ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 19:28
ސްރީލަންކަން އެއަރލައިންސްގެ މަތިންދާ ބޯޓެއް
ސްރީލަންކަން އެއަރލައިންސްގެ މަތިންދާ ބޯޓެއް
ރިޒްނާ ޒަރީރު
ސްރީލަންކަން އެއަރލައިންސް
ސްރީ ލަންކަންގެ ޕަސެންޖަރުންނަށް ފުވައްމުލަކާއި ގަމާ ދެމެދު ލޯންޗް ފެރީއެއް
ލޯންޗް ދަތުރު އޮންނާނީ ކޮންމެ އަންގާރަ ދުވަހެއްގައި

ސްރީ ލަންކަންގެ ޕަސެންޖަރުންނަށް ފުވައްމުލަކާއި ގަމާ ދެމެދު ލޯންޗް ފެރީއެއް ފަށައިފި އެވެ. 

 

 ސްރީލަންކަން އެއަރލައިންސްގެ އޮފިޝަލަކު ވިދާޅުވީ ކޮންމެ އަންގާރަ ދުވަހަކު ގަމުން ލަންކާއަށް އޮންނަ ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފުވައްމުލަކު ފަސިންޖަރުންނަށް މިހާރު ލޯންޗް ދަތުރުތައް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

 

ލޯންޗް ޓިކެޓް ވަކިން ނަގަން ޖެހުނު ނަމަވެސް މި ހިދުމަތާއި އެކު ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ލޯންޗް އޮންނާނީ ކޮންމެ އަންގާރަ ދުވަހު ޝެޑިއުލް ފްލައިޓަށް ފަސިންޖަރުންނަށް އާދެވޭ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކުން ލޯންޗް ފުރުމަށް ހަމަޖެހިފައިވަނީ 11:30 ގައެވެ. އަދި ސ. ފޭދޫއަށް ލޯންޗް ފުރުމަށް ހަމަޖެހިފައި ވަނީ 16:30 ކަމަށްވާއިރު ލަންކާއަށް ފުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަންގާރަ ދުވަހެއްގެ 1450 ގައި އަދި ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ  ކޮންމެ އަންގާރަ ދުވަހެއްގެ 1535 ގައެވެ. 

 

ސްރީލަންކަން އެއަރލައިން ގަމަށް ދަތުރުކުރަން ފެށުމުން އެސަރަހައްދުގެ ފަތުރުވެރިކަން ވަނީ އިތުރުވެގެންގޮސްފައެވެ. އަދި ސްރީލަންކަން އެއަރލައިންއަކީ އަގު ހެޔޮ ފެއަރތަކާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ އެއަރލައިންއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް