ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 16:41
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
އަޒުމޫން އަހުމަދު
ޓެކްސް ދެއްކުމުގެ އުސޫލު
އިލެކްޓްރޯނިކް ޒަރިއްޔާ އިން ޓެކްސް ދެއްކުމުގެ ގަވައިދަށް ބަދަލު ގެނެސްފި
މީރާ އިން ދަނީ ޓެކްސް ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދެމުން
ސުންގަޑި ހަމަވާތާ ދެ ދުވަސްތެރޭ ޓެކްސް ދައްކާނަމަ ޖޫރިމަނާ ލުއި ކޮށްދެވޭ
މި އިސްލާހަށް އަމަލު ކުރަން ފަށަނީ މިއަދުން ފެށިގެން

އިލެކްޓްރޯނިކް ޒަރިއްޔާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމަށް ފައިސާ ދެއްކުމުގެ ގަވައިދަށް އިސްލާހެއް ގެނެސްފި އެވެ.

 ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ގެޒެޓް ކުރި މި އިސްލާހުގައި ބުނެފައިވަނީ ގަވައިދުގެ 15 މާއްދާއަށް އިސްލާހު ގެނެސްފައިވާ  ކަމަށެވެ.

އެގޮތުން އެމްއާރްތީޖީއެސް ނުވަތަ އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކުން ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަޑިއާ ވިދިގެން އަންނަ ދެ ދުވަހުގެ ތެރޭގައި ފައިސާ ދައްކައިފި ނަމަ، އެ ދެ ދުވަހާ ހަމައަށް އަރާ ޖޫރިމަނާ ލުއިކޮށްދެވޭޏެ ކަމަށް މީރާ އިން ބުނެ އެވެ.

 މިގަވައިދުގެ 17 ވަނަ މާއްދާގެ ދަށުން އޮންލައިންކޮށް ފައިސާ ދެއްކުމަށް ލާޒިމު ކޮށްފައިވާ ޓެކްސް ދައްކާ ފަރާތްތަކަށް މި މާއްދާގެ (ހ)އަށް ގެނައި އިސްލާހު ރައްދެއް ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މި ރޫލިންގއަށް އަމަލުކުރަން ފަށާނީ އޮކްޓޯބަރު 16 ވަނަ ދުވަހުން ފެށިގެންނެވެ.

މި ބަދަލު ގެނެސްފައިވާ އިރު މީރާ އިން ވަނީ މިދިޔަ އަހަރު ދެ ޓެކްސް އެއް އޮންލައިންކޮށް ދެއްކުން ލާޒިމުކޮށްފަ އެވެ. އެގޮތުން ވިތްހޯލްޑިން ޓެކްސް އާއި ޓޫރިޒަމް ޖީއެސްޓީ ދެއްކުން ވަނީ އޮންލައިންކޮށް ދެއްކުމަށް ބަދަލުކޮށްފަ އެވެ. އެގޮތުން ފައިސާ ދެއްކުމާއި އޮންލައިންކޮށް ބަޔާން ހުށަހެޅުން ވަނީ ހުޅުވާލާފަ އެވެ. މީރާ އިން ދަނީ މިރާގެ ހިދުމަތްތަށް ޑިޖިޓަލްކޮށް، ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާ އެކު ފޯރު ކޮށްދިނުމަށް މަސައްކަތް  ކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް