ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 13:40
އެސްޓީއޯގެ ފަރަށް އެރި ބޯޓު
އެސްޓީއޯގެ ފަރަށް އެރި ބޯޓު
އެމްއެންޑީއެފް
ތެޔޮ ބޯޓް
ފެލިވަރު ކައިރިއަށް ފަރަށް އެރި އެސްޓީއޯ ތެޔޮ ބޯޓު ފުންކޮށްފި
މި ބޯޓް ފުންކުރަން ކަފުޖެހީ މިފްކޯގެ ކަލަމިންޖާ 403 ބޯޓު
ބޯޓަށް ލިބުނު ގެއްލުންތަކެއް އަދި ނޭނގޭ
އެމްއެންޑީއެފް އިން ވަނީ ބޯޓު ފުން ކުރުމަށް އެހީވެދީފައި

ޅ. ފެލިވަރު ކައިރީގައި އޮންނަ ފަރަކަށް މިއަދު ހެނދުނު އެރި އެސްޓީއޯގެ ތެޔޮ ބޯޓު ފުންކޮށްފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ޕެޓްރޯލް ބަރުކޮށްފައިވާ "ގުރާބު" ނަމަކަށް ކިޔާ މި ބޯޓު ފުންކުރީ، އެހެން ބޯޓެއް ކަފުޖަހައިގެންނެވެ. މި ބޯޓް ފުންކުރަން ކަފުޖެހީ މިފްކޯގެ ކަލަމިންޖާ 403 ބޯޓެވެ.  ހެނދުނު ހައެއް ޖަހާކަންހާއިރު ފަރަށް އެރި މި ބޯޓް ފުންކުރީ 12:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ށ. މިލަންދޫން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ބޯޓު ފަރަށް އެރިއިރު އޭގައި 12 މީހަކު ތިއްބެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ބޯޓަށް އަދި ފަރަށް ލިބުނު ގެއްލުމެއް ވެސް އަދި ނޭނގެ އެވެ. ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި ލިބޭ ގެއްލުންތައް ބަލާ، އިހުމާލުވާ ފަރާތްތަކާއެމުދު ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުން ފަދަ ކަންކަން ކުރަމުންދާ ދައުލަތުގެ މުއައްސަސާއަކީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް