ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 12:45
އަބުރުފުޅު ފަންޑުގެ ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިޔަށްދަނީ
އަބުރުފުޅު ފަންޑުގެ ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިޔަށްދަނީ
ޓްވިޓަރ
ރާއްޖެޓީވީ އަބުރުފުޅު ފަންޑު
"އަބުރުފުޅު ފަންޑު" ގެ ހަރަކާތްތައް ހދ.ކުޅުދުއްފުށި އަދި ބ.ކަމަދޫގައި ފަށައިފި
ކަމަދޫ އަދި ކުޅުދުއްފުށީގައި ރާއްޖެޓީވީގެ ޓީޝާޓްތައް ދަނީ ވިއްކަމުން

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުން "އަބުރުފުޅު ފަންޑު" ގެ ނަމުގައި ހުޅުވައިފައިވާ ފަންޑަށް ލާރި ހޯދުމަށް ހދ.ކުޅުދުއްފުށި އަދި ބ.ކަމަދޫގައި ހަރަކާތްތަކެއް ފަށައިފިއެވެ.

މި ހަރަކާތްތައް ދެ ރަށުގައިވެސް ފަށާފައިވާއިރު، ފަންޑަށް އެހީވުމަށް ފަންޑުފޮށިތަކެއް ވަނީ އެ ރަށްރަށުގައި ހުޅުވާފައެވެ.

ކުޅުދުއްފުށީގައި އަބުރުފުޅު ފަންޑުފޮއްޓާއެކު ރާއްޖެޓީވީގެ ދެ ނޫސްވެރިންކަމަށްވާ މުހައްމަދު ވިސާމް އަދި މުހައްމަދު އަނިލް ހަރަކާތްތެރިވަމުން އަންނައިރު، އެ ރަށުގައި ރާއްޖެޓީވީ ލޯގޯ ޖަހާފައިހުރި ޓީޝާޓްތައް ވެސް ދަނީ ވިއްކަމުންނެވެ.

ކަމަދޫ ރައްޔަތުން އެ ރަށުގައި ފަންޑު ފޮށި ބަހައްޓައިފައިވާއިރު ، އެ ރަށު ރައްޔިތުން ރާއްޖެޓީވީ ލޯގޯ ޖަހާފައިހުރި ޓީޝާޓްތައް އަމިއްލައަށް ރާއްޖެޓީވީން ގަނެގެން، ގެންގޮސް އެ ޓީޝާޓްތައް އެ ރަށުގައި ވިއްކުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ. 

ރާއްޖެޓީވީގެ ނިއުސްޑިރެކްޓަރު ހުޝާމް މުހައްމަދު ވިދާޅުވީ މުޅިރާއްޖޭގައި ފަންޑްއަށް ފައިސާ ދެއްވުމަށް ބޭނުންވާ ވަރަށް ގިނަ ފަރާތްތައް އެބަތިބި ކަމަށެވެ. އަދި ރާއްޖެޓީވީގެ މުވައްޒަފުން ރަށްރަށަށް ޒިޔާރަތް ކުރުމަށް އެދޭ މިންވަރު އިންތިހާއަށް އިތުރުވާ ސަބަބަކީ ޓީވީމުވައްޒަފަކާއި އެކީ މިކަމުގައި މަސައްކަތް ކުރަން ބޭނުންވާ މީހުން ގިނަވުން ކަމަށެވެ. ހުޝާމް ވިދާޅުވީ ފަންޑަށް ފައިސާ ހަދިޔާ ކުރެއްވުމަށް އިސްނަންގަވާ ފަރާތްތަކުން ރާއްޖެޓީވީއަށް ގުޅުއްވައި އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން އެދިލައްވާ ކަމަށެވެ. 

އަތޮޅު ތެރޭގައާއި މާލޭގައި ރާއްޖެޓީވީގެ ޓީޝާޓް ވިއްކަމުން އަންނައިރު، ބޮޑެތިމީހުންގެ ޓީޝާޓެއް ވިއްކަނީ 300 ރ އަށެވެ. އަދި  ކުޑަކުދިންގެ ޓީޝާޓް 200ރ ދަނީ ވިއްކަމުންނެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް