ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 11:25
އަބްދުﷲ ރަޝީދު
އަބްދުﷲ ރަޝީދު
ރާއްޖެ އެމްވީ
އަބްދުﷲ ރަޝީދުގެ މަރު
ފާޑުކިޔުންތައް އޮހެން ފެށުމުން އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އެޗްއާރުސީއެމްއިން ބަލަން ފަށައިފި
ތަހުގީގު ކުރަނީ އަމިއްލައަށް އިސްނަގައިގެން
މައްސަލައިގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރޭ
ރަޝީދަކީ މޭޑޭ މުޒާހަރާގައި ޖަލަށް ލެވުނު މީހެއް

މޭޑޭގެ މުޒާހަރާއިން ހަޔަރުކުރި އަބްދުﷲ ރަޝީދު މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި  މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އެޗްއާރްސީއެމްގެ ރައީސާ އައިމިނަތު އީނާޒު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލުން ގ.ކީމަ އުމުރުން 51 އަހަރުގެއަބްދުﷲ ރަޝީދު މަރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނީ އެ ކޮމިޝަނުގެ އިސްނެގުމުގެ މަތިން ކަމަށެވެ. އެހެން ނަމަވެސް އެމައްސަލައާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެ ކޮމިޝަނުން ހާމަކޮށްފަ އެއް ނުވެ އެވެ.

މައްސަލަ ބަލާކަމަށް އެޗްއާރުސީއެމްގެ ރައީސް އީނާޒު ވިދާޅު މިވީ، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ސަރުކާރަށާއި އެޗްއާރުސީއެމް އަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ. 

މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި  ޖަލައްލާފައި ހުއްޓާ ރަޝީދު މަރުވެފައިވަނީ، މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ރަޝީދުގެ ހުކުމް ތަންފީޒުކޮށް ނިމެން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށެވެ.

ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ދެކެވެމުންދާ ވާހަަކަތަކާ ގުޅިގެން ކަރެކްޝަނުން މިހާތަނަށް އެއްވެސް ވާހަކައެއް ބުނެފައެއް ނެތެވެ. 

ރަޝީދު މަރުވެފައިވަނީ އެތެރެހަށީގެ ގުނަވަންތަކުގައި އިންފެކްޝަން އުފެދި، ފުއްޕާމެއާއި ކިޑްނީ ފެއިލް ވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، އޭނާގެ އަންހެނުން ޝެހެނާޒު އަބްދުއްރަހީމް ބުންޏެވެ. 

ރަޝީދުގެ އައިލާއިން ބުނެފައިވަނީ،އޭނާގެ މަރުގެ މައްސަލައިގައި ކަރެކްޝަނުގެ އިހުމާލުތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ބަލިވެ، އެތައް ދުވަހެއްވީ އިރުވެސް އެންމެ އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައިނުވުމާއި  އެންމެ ފުރިހަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އައިލާއަށް ކަންކަން ކުރަންވީގޮތް އެންމެ ފުރިހަމައަށް ކަރެކްޝަނުން ކިޔާދީފައިނުވާ ކަމަށް އައިލާއިން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 އޮކްޓޯބަރ 2017 | ހޯމަ 16:04
ހުސޭނު
އަދި ތަންކޮޅެއް އަވަސް ހެންހީވަނީ .... ދެންދުވަހަކުވެސް ތިމައްސަލަ ބަލާނިމޭނެތޯ ތިގޮތަށް އަދީބަށް ބޭސްފަރުވާގެ ހައްޤުތަކުން މަހްރޫމް ކުރާމައްސަލަވެސް ތިތަނުން ބަލަންފެށި ވީގޮތެއނޭގޭ. ފަހަރުގަ ސަރުކާރާ ޚިޔާލުތަފާތުވާ މީހުންނަކީ އިންސާނުންނަށް ނުވާތީ ކަންނޭގެ ދޯ ވަކިހިސާބަކުން ވާނުވާނޭގެނީ.