ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 08:12
ކަރެކްޝަނުގެ ބެލުމުގެ ދަށުން އަދީބުގެ މައްޗަށް ހިންގާ ޝަރީއަތަކަށް ކޯޓަށް ހާޒިރުކުރަނީ
ކަރެކްޝަނުގެ ބެލުމުގެ ދަށުން އަދީބުގެ މައްޗަށް ހިންގާ ޝަރީއަތަކަށް ކޯޓަށް ހާޒިރުކުރަނީ
އަޒުމޫން އަހުމަދު
އަދީބުގެ ބޭސްފަރުވާ
އަދީީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް ކަރެކްޝަނުން އެއްބަސްވެއްޖެ
އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް ކަރެކްޝަނުން ކުރިން އެއްބަސްނުވޭ
ކަރެކްޝަނުން ކުރިން ބުނަމުންދިޔައީ އަދީބު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް
އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅަމުންނުދާ ކަމަށް ކަރެކްޝަނުން ބުނޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެއްބަސްވެއްޖެ އެވެ.

އަދީބުގެ އާއިލާއިން ބުނާ ގޮތުގައި ކަރެކްޝަނުން ދަނީ އަދީބުގެ ބޭސްފަރުވާއަށް ހުރަސް އަޅަމުންނެވެ. ނަމަވެސް، ކަރެކްޝަނުން ބުނަމުންދިޔައީ އަދީބު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ބެލުމުގެ ދަށުގައި ނެތް ފަރާތެއްގެ ބޭސްފަރުވާއަށް އެ ސަރވިސްއަށް އެޅޭނެ ހުރަހެއް ނޯންނާނެ ކަމަށެވެ.

ފުލުހުންގެ ބުނާ ގޮތުގައި ފުލުހުން ބަލަހައްޓަމުން ގެންދަނީ އަދީބުގެ ސަލާމަތީ ކަންކަމެވެ. އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނުން ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރިން ކަރެކްޝަނުން ދިޔައީ އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާކަން ދޮގުކުރަމުންނެވެ.

އެހެން ނަމަވެސް، މިކަމުގައި ކަރެކްޝަނާއި ފުލުހުން ދައްކާ ވާހަކަ ދިމާނުވާތީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ކަރެކްޝަނުން ވަނީ އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް އެއްބަސްވެފަ އެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންނުދާ ކަމަށް އެއްފަހަރުވެސް ބުނެފައިނުވާނެ ކަމަށާއި އެ ސަރވިސް އިން ބުނަމުންދިޔައީ އަދީބު ހުންނެވީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅަމުންނުދާ ކަމަށާއި، ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށެވެ.

އަދީބުގެ އާއިލާއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަދީބު އަވަހާރަކޮށްލަން މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައި ވަނިކޮށް އަދީބު އައިޖީއެމްއެޗަށް ގެނެސް އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގައި ޝައްކުތައް އުފެދޭތީ އާއިލާގެ ފަރާތުން ސޮއިކުރަން ދިން ލިޔުންތަކުގައި ސޮއި ކުރުމަށް އިއުތިރާޒު ކޮށްފައިވާނެ ކަމަށެވެ.

ލިޔުންތަކުގައި ސޮއިކުރުމަށް އިއުތިރާޒު ކުރުމުން އޭގެ ފަހުން އަދީބުގެ ބޭސްފަރުވާގެ ކަންކަން ހުއްޓާލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އާާއިލާއާއި ވަކީލުން ދަނީ އެދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް