ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 08:37
ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް
ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް
ރާއްޖެއެމްވީ
ޖަލުގައި މަރު ގިނަވުން
ޖަލުތަކުގެ މަރުގެ މައްސަލަތައް ތަހްގީގުކުރަން މިނިވަން ކޮމިޝަނެއް އުފެއްދުމަށް ރިޔާޒު ގޮވާލައްވައިފި
ސަރުކާރުގެ ގައުމީ ހިމާޔަތްތެރިކަމުގެ ވައުދު ފެއިލްވެއްޖެކަމަށް ރިޔާޒް ވިދާޅުވި

ޖަލުތަކުގައި މީހުން މަރުވުން ގިނަވުމާއެކު އެ މައްސަލަ ސީދާ ރައީސް އަބުދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން މިނިވަން ކޮމިޝަނަކުން ތަހުގީގުކުރުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ގޮވަލައްވައިފިއެެވެ.

 

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރަމްގައި ވާހަކަފުޅުދައްކަވަމުން ރިޔާޒް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދަވައިގެން ފައިސާ ހޯދުމުގައި ސަރުކާރު އަވަދިނެތި އުުޅޭއިރު، ޖަލުތަކުގައި މީހުން މަރުވަމުންދާ މައްސަލަ ބަލައި ރައީސް އަބުދުﷲ ޔާމީން ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވުން މާ ރަނގަޅުވާނެކަމަށެވެ.

 

ދާދިފަހުން ހިނގައިދިޔަ އަބުދުﷲ ރަޝީދުގެ މަރާ ގުޅޭގޮތުން ރިޔާޒް ވިދާޅުވީ، އެއީ ސީދާ ސަރުކާރުގެ އިހުމާލު އެކުލެވޭ މަރެއްކަމަށާއި، އެކަމަށް ޒިންމާ ނަގައި، ސަރުކާރުން ޖަވާބުދާރީވާން ޖެހޭނޭކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވަމުން "ގައުމީ ހިމާޔަތްތެރިކަމޭ" ކިޔާ ވައުދެއް މެނިފެސްޓޯގައި ހިމެނި ނަމަވެސް އެ ވައުދު މަތިން ހަނދާން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން އެއްވެސް ރައްޔިތަކަށް ހިމާޔަތް ނުދެވުނު އިރު، މި ސަރުކާރު ވެރިކަމަށް އައިފަހުން ދިވެހި އެތައް ޒުވާނުން ނެއް އަނިޔާވެރިކޮށް މަރާލަފައިވާކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.  އެމަރުތަކުގެ ތަހުގީގު ހިންގައި އިންސާފު ހޯދައި ނުދެވުމުގެ ނަތީޖާއަކީ، އެކަންކަން ތަކުރާރުވެ، ގޭންގްތަކަށްވެސް އިތުރު ހިތްވަރެއް ލިބުންކަމަށް ރިޔާޒް ވިދާޅުވިއެެވެ.

ގައުމުގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ސިޔާސަތަށް ފާޑު ވިދާޅުވަމުން ރިޔާޒް ވިދާޅުވީ މާރާމާރީ އާއި، ގޭންގް ކުށްތައް ހުއްޓުވަން ސަރުކާރުގެ  އެއްވެސް ސިޔާސަތެއް ނެތް އިރު އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިންވެސް ގޭންގު ކުށްތައް ހިންގުމަށް އެކަށީގެންވާ މަސައްކަތްތައް ކުރާތަން ނުފެންނަކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަރުގެ މައްސަލަތައް ތަހުގީގު ނުކުރެވިގެން ސަރުކާރުން އުޅެނީ ރައީސް ޔާމީންގެ ވެރިކަން ފަސޭހަކުރުމަށް އިދިކޮޅު ލީޑަަރުން ޖަލަށް ލާން ހަދައިގެންނެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް