ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 00:32
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައެއް މެމްބަރުން
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައެއް މެމްބަރުން
ޓްވިޓަރ
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުރިހާ މެމްބަރުން މިއަދު އޮފީހަށް ހާޒިރުވީ ގަޑި ޖެހިގެން
ހުރިހާ މެމްބަރުން އޮފީހަށް ވަޑައިގަތީ ހެނދުނު 10 ޖެހިއިރު
ބްރޯޑްކޮމް މެމްބަރުން އޮފީހަށް ހާޒިރުވާން ޖެހެނީ 9:00އަށް

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުރިހާ މެމްބަރުން އާދިއްތަ އޮފީހަށް ހާޒިރުވެ ވަޑައިގަތީ ގަޑިޖެހިގެންނެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހުރިހާ މެމްބަރުން އޮފީހަށް ވަޑައިގަތީ ހެނދުނު ދިހައެއް ޖެހިއިރުއެވެ. އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިއަކީ9:00 އެވެ.

ރާއްޖެޓީވީ އަށް މިކަން ފާހަގަކުރެވިފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖުރިމަނާ ކުރުމާއި ގުޅިގެން އެ ކޮމިޝަންގެ މެމްބަރުންނާއި ގުޅޭ ގޮތުން ޑޮކިއުމަންޓްރީއެއް ހެދުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ.

ރާއްޖެޓީވީގެ ކެމެރާމަނުން އާދިއްތަ ދުވަހު ހެނދުނު އަށަކުން ދިހައެއް ޖަހަންދެން އެ ކޮމިޝަންގެ ދޮށުގައި ތިއްބެވިއެވެ. އެހާއިރުވަންދެން އެ ކޮމިޝަންގެ މެމްބަރުން ހާޒިރުވެފައެއް ނުވެއެވެ.

ރާއްޖެޓީވީގެ ހުރިހާ މުވައްޒަފުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބުއަށް އާދިއްތަ ދުވަހު ވަނީ އިލްތިމާސްއެއް ދަންނަވާފަ އެވެ.

ރާއްޖެޓީވީގެ މުވައްޒަފުން ޝަހީބަށް ކުރި ފޯނުކޯލާއި މެސެޖްގައި ކުރި އިލްތިމާސްގައި ވަނީ "ބްރޯޑްކާސްޓިންގ ކޮމިޝަނުން ގާނޫނާ ހިލާފަށް ބްރޯޑްކާސްޓަރުންނާމެދު  ފިޔަވަޅު އެޅުން ހުއްޓާލައި، އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ޒިންމާ އަދާކުރެއްވުން އެދެން. ގާނޫނާ އެއްގޮތަށް މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ އިސްތިއުފާ ދެއްވާ" މިގޮތަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް