ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 22:46
ރައީސް ނަޝީދު ނޯޥޭއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ނަޝީދު ނޯޥޭއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޓްވިޓަރ
އަދީބުގެ ބޭސްފަރުވާ
އަދީބުއަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
އަދީބު ބޭސްފަރުވާ އިން މަހްރޫމް ކުރުމަކީ ލާއިންސާނީ އަމަލެއް
އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ކަމަށް ފުލުހުން ވަނީ ބުނެފައި
އެކަން ކަރެކްޝަނުން ދޮގުކުރޭ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުއަށް ބޭސްފަރުވާ ފޯރުކޮށްދީ، ބޭސްފަރުވާ ލިބިގަންނާނެ މަގު ފަހިކޮށްދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

 

އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބު ބޭސްފަރުވާ އިން މަހްރޫމް ކުރުމަކީ ލާއިންސާނީ އަމަލެއް ކަމަށެވެ.

 

 

އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ރާއްޖެއެމްވީއިން ކުރި ސުވާލަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން ބަލަހައްޓަމުން ގެންދަނީ އަދީބުގެ ސަލާމަތީ ކަންކަން ކަމަށާއި، އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނުން ކަމަށެވެ.

 

އަދީބުގެ އާއިލާއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަދީބު އަވަހާރަކޮށްލަން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައި ވަނިކޮށް އަދީބު އައިޖީއެމްއެޗް އަށް ގެންގޮސް އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގައި ޝައްކުތައް އުފެދޭތީ އާއިލާގެ ފަރާތުން ސޮއިކުރަން ދިން ލިޔުންތަކުގައި ސޮއި ކުރުމަށް އިއުތިރާޒު ކޮށްފައިވާ ކަމަށެވެ.

 

ލިޔުންތަކުގައި ސޮއިކުރުމަށް އިއުތިރާޒު ކުރުމުން އޭގެ ފަހުން އަދީބުގެ ބޭސްފަރުވާގެ ކަންކަން ހުއްޓާލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

ދޫނިދޫގައި ބަންދުކޮށްފައިވާ އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދަނީ ކަރެކްޝަނުން ކަމަށް ފުލުހުން ބުނި ނަމަވެސް، އެކަން ކަރެކްޝަނުން ދޮގުކުރެއެވެ.

  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
16 އޮކްޓޯބަރ 2017 | ހޯމަ 02:59
ހ މ ޒ
ދެރައީ އައްޑޫ ގިނަމީހުންގެ އިހްސާސްތަކާއި އައްޑު ގިނަމީހުންނަކީ ކެނެރީ ނަޝީދަށް މަރުދޭ ބަޔެކެވެ. އައްޑޫގެ ހޮސްޕިޓަލް ވަރަށް ހާލުގައިހުއްޓާ އައްޑޫ މީހުންނަށް ހޮސްޕިޓަލެއް އަޅައި ދިނުމުގެ ބަދަލުގައި ފައިސާތަށް އިސްރާފުކުރީ ބޭނުންމެއް ނުހިފޭ ކޮންވެންޝަން ސެންޓަރެއް އެޅުމަށެވެ. އޭރު ހަމަ އެގޮތް އައްޑޫ ރައްޔިތުންނާއި މޭޔަރު ސާހަބަށް ހަމަ ބަރާބަރެވެ. އެކަމަކު ޔާމީން ކުރި ކަމެއް ނަމަ ލަވާނެ ހަޅޭކުގެ ވާހަކަ ރަގަޅުވާނީ ނުދެއްކުމެވެ."ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެޔޭ" ބުނެވޭ ބީދައިންނެވެ.