ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 19:26
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ބައްދަލުވުމުގެ ތެރެއިން
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ބައްދަލުވުމުގެ ތެރެއިން
އެމްޓީސީސީ
ހިއްސާގެ ބާޒާރު
ހިއްސާދާރުންނަށް، އެމްޓީސީސީން އަނެއްކާވެސް ހިއްސާ ވިއްކަން ފަށަނީ
ޙިއްޞާ ވިއްކުމަށް ކުންފުނިން ކަނޑައަޅާފައިވާ މުއްދަތަކީ 19 އޮކްޓޯބަރ 2017 އިން ފެށިގެން 3 ޑިސެމްބަރ 2017 ގެ ނިޔަލަށް

ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީގެ ހިއްސާ ވިއްކަން ފެށުމަށް އެ ކުންފުނިން ނިންމައިފި އެވެ. 

އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުނީގެ މަޤްސަދަކީ ރައިޓްސް އިޝޫގެ ދަށުން ކުންފުނީގެ ޙިއްޞާދާރުންނަށް ޙިއްޞާ ވިއްކާ ފުރަތަމަ ކުންފުންޏަށް ވުމެވެ.

ކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ ކޮންމެ ޙިއްސާއެއް 10 ޙިއްސާއަށް ސްޕްލިޓް ކުރުމަށްފަހު ޙިއްޞާއަކަށް ޙިއްޞާއެއްގެ މަގުން ކުންފުނީގެ މިހާރުގެ ޙިއްޞާދާރުންނަށް އިތުރަށް ޙިއްޞާ ގަތުމަށް ދައުވަތު އަރުވާފައެވެ.

 

ރައިޓްސް އިޝޫގެ ދަށުން ޙިއްޞާ ގަނެވޭނީ 9 އޮކްޓޯބަރ 2017 ގެ 1600 ގެ ނިޔަލަށް ޙިއްޞާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް ނުވަތަ ޙިއްޞާދާރަކު އިޙްތިޔާރުކުރާ ގޮތަކަށް އެ ޙިއްޞާދާރެއްގެ ޙިއްޞާ ގަތުމުގެ ހައްޤު ދެވިފައިވާ އެހެން ފަރާތަކަށެވެ. ޙިއްޞާ ވިއްކުމަށް ކުންފުނިން ކަނޑައަޅާފައިވާ މުއްދަތަކީ 19 އޮކްޓޯބަރ 2017 އިން ފެށިގެން 3 ޑިސެމްބަރ 2017 ގެ ނިޔަލަށެވެ. އެމްޓީސީސީގެ ޙިއްޞާ ވިއްކުމަށް ހަމަޖެހިފައިވަނީ ޙިއްޞާއެއް 62 ރުފިޔާއަށެވެ. އަދި ކުންފުނީގެ ރައުސްމާލުގެ %5 އަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން ކޮންމެ ޙިއްޞާދާރަކަށްވެސް ޙިއްޞާ މިލްކު ކުރެވިދާނެއެވެ.

 

އެމްޓީސީސީގެ ދަތުރުފަތުރުގެ ޙިދުމަތްތައް ފުރަތަމަ ފެށިގެން އައީ 2001 ވަނަ އަހަރު މާލެ/ވިލިނގިލި ފެރީ ނިޒާމް ޤާއިމްކުރެވުމާއި އެކުއެވެ. މިހާރު އެމްޓީސީސީގެ ދަތުރުފަތުރުގެ ޙިދުމަތްތައް ފުޅާވެ، ހުޅުމާލެ/ މާލެ ފެރީ ޙިދުމަތާއި، ހުޅުމާލޭގައި ބަހުގެ ޙިދުމަތާއި، ޓެކްސީ ޙިދުމަތުގެ އިތުރުން އިކްސްޕްރެސް ލޯންޗުގެ ޙިދުމަތް ވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް