ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 18:23
އިމްތިޔާޒް ފަހުމީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
އިމްތިޔާޒް ފަހުމީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
އަބުދުﷲ ނަސީރު އިބްރާހިމް
ގުޅިފައިވާ ޕާޓީތައް
ސަރުކާރުން އަދީބު ބޭސްފަރުވާގެ ކަންތަކުގައި އިހުމާލުވަމުންދާތީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފި
އަދީބު އެއްފަހަރު ދެއްކެވި ޑޮކްޓަރަށް އަނެއް ފަހަރު ނުދައްކަވާ
އަބްދުﷲ ރަޝީދުގެ މަރުވެގެން ދިޔަ ގޮތަށް ބަލާއިރު ސަރުކާރުން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ
ސަރުކާރުގައި ފައިސާ ނެތުމުން ނުއަގުގައި އެއްޗެހި ވިއްކާލަން މަސައްކަތް ކުރޭ

ސަރުކާރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާގެ ކަންތަކުގައި އިހުމާލުވަމުންދާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހު މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އަދީބު އެއްފަހަރު ދެއްކެވި ޑޮކްޓަރަށް އަނެއް ފަހަރު ނުދައްކަވާ ކަމަށެވެ. އަދި މިކަމުން ދޭހަވެގެންދަނީ ސަރުކާރުން އަދީބުގެ ބޭސްފަރުވާ އާއި ގުޅިގެން ބައިވަރު ހަޤީޤަތްތަށް އޮޅުވާލަން މަސައްކަތް ކުރާ ކަމަށެވެ.

 

"އަހްމަދު އަދީބުއަށް ދިމާވެފައިވާ ސިއްޙީ މައްސަލައާ އެއްވެސް ގުޅުމެއް ނެތްކަމެއްގައި ގޮތް ނޭނގޭ އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކޮށްފައިވަނީ އަދި މި އިންޖެކްޝަން ޖެހުމަށް އަހްމަދު އަދީބުގެ އާއިލާއަށް ދޮގު މައުލޫމާތު ސަރުކާރުން ވަނީ ހިއްސާ ކުރައްވާފައި" އިންތި ވިދާޅުވިއެވެ.   

 

މިފަހަކަށް އައިސް ޖަލުގައި ގޮތް ނޭގޭ މަރުތައް ގިނަވެ، ތަހްޤީޤްތައް ނުހިނގާކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ މޭޑޭ މުޒާހަރާގައި މައްސަލާގައި ހައްޔަރުކުރި އަބްދުﷲ ރަޝީދުގެ މަރުވެގެން ދިޔަ ގޮތަށް ބަލާއިރު ސަރުކާރުން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން މިކުގައި ދިފާޢު ވެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

 

އިންތި ވިދާޅުވީ މި ސަރުކާރުގައި ފައިސާ ނެތުމުން ނުއަގުގައި އެއްޗެހި ވިއްކާލަން މަސައްކަތް ކުރާ ކަމަށާއި ސަރުކާރުން ވިއްކަން އިއުލާންކުރި ބިންތަކަށް އެއްވެސް ބަޔަކު ޝައުޤުވެރިކަން ފާޅުނުކުރުމުން އަގު ކުޑަކޮށް ބިންތައް ވިއްކަން އިއުލާން ކޮށްފައިވާކަމަށެވެ.

 

ސަރުކާރުން ނުއަގުގައި ބިންތަށް ވިއްކައި، ކޮރަޕްޝަންގެ އަމަލުތައް ހިންގާނަމަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ ސަރުކާރެއްގައި އެ މައްސަލަތައް ބަލައި ބިންތައް އަތުލާނެކަމަށްވެސް އިންތި ވިދާޅުވިއެވެ.

 

މީރާ އަށް މިއަހަރު ލިބުނު އާމްދަނީ 10 ޕަސަންޓަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ ފަޤީރުންނާއި ޔަތީމުންގެ އަދަދު 31 ޕަސަންޓަށް މައްޗަށް ގޮސްފައިވާ ކަމެވެ. އަދި ޤައުމުގެ ޙާލަތު ދަށަށް ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް