ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 18:25
އަބްއަބްދުﷲ ރަޝީދު ކޯޓުން ނިކުންނަނީ - އޭނާ ވަނީ ޖަލުގައި ހުކުމް ތަންފީޒްކުރަނިކޮށް މަރުވެފައި
އަބްއަބްދުﷲ ރަޝީދު ކޯޓުން ނިކުންނަނީ - އޭނާ ވަނީ ޖަލުގައި ހުކުމް ތަންފީޒްކުރަނިކޮށް މަރުވެފައި
ރާއްޖެ އެމްވީ
ރަޝީދުގެ މަރު
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ މަޖިލީހަށް ހުށައަޅަނީ
މައްސަލަތައް ތަހުޤީޤްކުރުމުގައި އެޗްއާރުސީއެމް ވަނީ ފެއިލްވެފައި
ގޮތް ނޭނގޭ ގިނަ މަރުތަކެއް އަންނަނީ ހިނގަމުން
ބައިނަލްއަޤުވާމީ ހަމަތަކާއި އުސޫލުތަކުގެ މަތިން މިނިވަން، ހާމަކަން ބޮޑު ތަހުޤީގެއް ކުރަންޖެހޭ

މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި އަބްދުﷲ ރަޝީދުގެ ކުއްލި މަރުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އެމްޑީޕީން ހުށައަޅަން ނިންމައިފިއެވެ.

 

އަދީއްތަ ދުވަހު އެމްޑީޕީގެ ހެލްތު ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރަރު ޑރ އިބްރާހިމް ޑީޑީ ވިދާޅުވީ ގައިދީންނަން ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖައްސައިދިނުމަކީ ގާނޫނީ ގޮތުން ކަރެކްޝަން ސާވިސްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. މީގެ ދެ އަހަރު ކުރިން، 2015 ގެ މެއި އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ މަރުވީ ކަމާބެހޭ މުއައްސަސާތަކުގެ އިހްމާލުންކަން ފާހަގަކޮށް ޑރ. ޑީޑީ ވިދާޅުވީ އަބްދުﷲގެ މަރުގެ މައްސަލަ މަޖިލީހަށް ހުށައަޅާނެ ކަމަށެވެ.

 

ކޮމެޓީގެ ނައިބް މުގައްރަރު، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މިއަދު މިނިވަން މުއައްސަސާތަކުން ކަންކުރަމުން ދަނީ އިންސާފުން ނޫން ކަމަށެވެ. އަދި ރަޝީދުގެ މަރުގެ މައްސަލާއިގައި މިނިވަން އިންސާފްވެރި ތަޙްގީގެއް ހިންގަން ޖެހޭ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. 

 

ކޮމެޓީގެ މެމްބަރު ޒިފްލީން ހަސަން ވިދާޅުވީ ޖަލުތަކުގައި 2000 އާއި ގާތް ކުރާ އަދަދަކަށް ގައިދީން ތިބިއިރު އެތަންތަނުން އެދެވޭ ބޭސްފަރުވާ ނުލިބުމަކީ ހިތާމައެއް ކަމަށެވެ. އަދި ޖަލުތަކުގައި ރަނގަޅު ފެންވަރުގެ ހެލްތު ޕޯސްޓެއް ނަމަވެސް ގާއިމްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

 

އަބްދުﷲ ރަޝީދު މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

 

އެމްޑީޕީން ބުނީ "ނުހައްގުން ޖަލަށްލައި ހައްގުތަކުން މަހްރޫމްކުރި" އަބްދުﷲ އަކީ އެއްވެސް ބައްޔަކަށް ބޭސްކުރަމުން ނުދާ، ޖާނުން ވަރުގަދަ މީހެއް ކަމަށެވެ. އެކަމަކު ޖަލަށް ލީ ފަހުން ސިއްހީ ހާލަތު ދަށްވަމުންދާތީ، އެކި ފަހަރުމަތިން ފަރުވާ އަށް ކަރެކްޝަންސްގައި އެދުމުން ވެސް އަޅާލާފައި ނުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް