ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 18:18
ޓާޓާ އަރަބިއްޔާ ފްލެޓް
ޓާޓާ އަރަބިއްޔާ ފްލެޓް
އަޒުމޫން އަހުމަދު
ޓާޓާ ފްލެޓް
ޓާޓާ ފްލެޓް ލިބުނު ބައެއް ފަޜާތްތަކަށް ލޯނު ހަމަނުޖެހުމުން ކަންބޮޑުވުން ފާޅުކޮށްފި
ސަރުކާރުންވަނީ ފްލެޓް ތަކުގެ އަކު 2 މިލިއަން ރުފިޔާއަށް އަރާކަން ފާހަގަކޮށްފައި
20 އަހަރު ދުވަހަށް ލޯނު ދެއްކުން ބަހާލެވޭ
ލޯން އެޕްލިކޭޝަން އިންކާރު ކުރީ ޝަރުތު ހަމަނުވާ ކަމަށް ބުނެ

ވެށިފަހި ޕްރޮގްރާމުގެ ދަށުން ދޫކުރި ޓާޓާ ފްލެޓްތަކަށް ފައިސާ ދެއްކޭނެ ގޮތެއް މަގުފަހި ކޮށްދިނުމަށް ހުޅުވާލި ލޯން ފުރުސަތުގެ ތެރެއިންވެސް ބައެއް ފަރާތްތަކަށް ލޯނު ހަމަނުޖެހޭތީ އެފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާ ކުރެއްވި، ފްލެޓް ލިބުނު ފަރާތަކުން ބުނީ، މޯލްޑިވްސް އިސްލާމިކް ބޭންކަށް ލޯނަށް ކުރިމަތި ލުމުން، ލޯނު ހަމަނުޖެހޭނެ ކަަން ލިޔުމުން ހަވާލުކޮށްފައިވާ ކަމަށެވެ. ލޯނު ހަމަނުޖެހިފައިވަނީ ޝަރުތުހަމަ ނުވާތީ ކަަމަށް އިސްލާމިކް ބޭންކް އިން ބުނެފައިވާ ކަމަށް ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާކުރި އެއް ފަރާތަކުން ބުނެ އެވެ.

"އެމްއައިބީ އިން ބުނަނީ، ލޯނު ދެވޭނީ ކޮންމެވެސް ކުންފުންޏަކުން އެންމެ މަދުވެގެން 3 މަހުގެ މުސާރަ ޖަމާކޮށްފައިވާނަމަ ކަމަށް. އަޅުގަނޑަކީ އަމިއްލަ މަސައްކަތެއް ކުރާ މީހެއް. އެކައުންޓްގައި ލާރި ހުރި ނަމަވެސް، ކޮންމެ މަހަކު ވަކި ތާރީހަކަށް ވަކި މިންވަރެއް އަޅުގަނޑަަކަށް ޖަމާއެއް ނުކުރެވޭ. އާމްދަނީއެއް ލިބުނަސް، ބޭންކް އަކުން އެކަމެއް ގަބޫލެއް ނުކުރޭ. އަޅުގަނޑުމެންވެސް ގަބޫލު ކުރަން އެއީ ކަނޑައެޅިފައިވާ އުސޫލުތައްކަން. އެކަމަކު، މިހާރު މި އިންނަ އުސޫލުގެ ތެރެއިން، ޓެކްސީ ޑްރައިވަރުންނާއި، ކުދި ކުދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯނު ލިބުމުގެ ފުރުސަތެއް ނެތް." ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާ ކުރި ފަރާތުން ކިޔާދިނެވެ.

ވެށިފަހި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަވެސް، އޮތީ ލޯނު ނަގައިގެން އަގުދައްކާ ގޮތަށް ނޫން ކަން ފާހަގަކޮށް، ފްލެޓް ލިބުނު ފަރާތަކުން ބުނީ، ފްލެޓް ދިނުމުގައި އޭރު އޮތީ ސަރުކާރަށް ކުޑަ އަގެއް ދެއްކުން ކަަމަށެވެ. އަދި ވެސް އެންމެ އެކަށީގެންވާ ފަހިގޮތްތަކެއް ޓާޓާ ފްލެޓް ލިބުނު ފަރާތްތަކަށް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އިސްލާމިކް ބޭންކުން ލޯނެއް ނަގައިގެން ފްލެޓް ގަންނަ ނަމަ، މަހަކު ދައްކަން ޖެހޭނީ 14،000ރ. އާއި 16،000ރ.އާ ދެމެދުގެ އަދަދެއް ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ލޯން ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް ހަމަޖައްސާދީފައިވާ ލުއި ގޮތްތަކާ ބެހޭ ގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވެފައި ވަނީ ފްލެޓްތަކުގައި ދިރިއުޅުމަށްޓަކައި މާލޭގައި އޮންނަ ބިން ދޫކޮށްލާ ފަރާތްތަކުގެ ބިން އެޗްޑީސީން ގަނެ، ފްލެޓަށް ދައްކަން ޖެހޭ ޖުމްލަ އަގު ކުޑަކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ސާފު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވާ، އެހެން ހުރިހާ ފްލެޓްތަކެއް އިންޑިޔާގެ ޓާޓާ ކުންފުނިން ދިވެހި ސަރުކާރާއި ޙަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަރަބިއްޔާ ހުރި އިމާރާތުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި 198 އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއް ވެސް ހަދާފައިވަނީ ތިން ކޮޓަރި އާއި، ދެ ފާހާނާ އާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭ ގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް