ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 11:21
ރައީސް ޔާމީންގެ އަރިހުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް ޝަހީބު
ރައީސް ޔާމީންގެ އަރިހުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް ޝަހީބު
ޓްވިޓަރ
ރާއްޖެޓީވީ ޖޫރިމަނާ ކުރުން
ރާއްޖެޓީވީގެ ހުރިހާ މުވައްޒަފުން ބްރޯޑްކޮމްގެ ރައީސް ޝަހީބަށް އިލްތިމާސެއް ދަންނަވައިފި
ބްރޯޑްކޮމް އިން ވަނީ މިދިއަ ހަފްތާގައި ރާއްޖެޓީވީ 500،000ރ އިން ޖޫރިމަނާ ކޮށްފަ
މީގެ ކުރިން ދެ ފަހަރެއްގެ މަތިން 1،200،000ރ އިން ވެސް ޖޫރިމަނާ ކޮށްފައިވޭ
ބްރޯޑްކޮމްގެ ބައެއް މެމްބަރުންނަކީ އެކޮމިޝަނަށް އައްޔަން ކުރުމުގެ ކުރިން މެޑަމް ފާތުން އަރިހުގައި އުޅުއްވި ފަރާތްތަކެއް

ރާއްޖެޓީވީގެ ހުރިހާ މުވައްޒަފުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބުއަށް އިލްތިމާސްއެއް ދަންނަވައިފި އެވެ.

ރާއްޖެޓީވީ ހުރިހާ މުވައްޒަފުން ހިމެނޭގޮތަށް އާދިއްތަ ދުވަހުގެ އެކިއެކި ގަޑިތަކުގައި، ޝަހީބަށް އިލްތިމާސްގެ  ފޯނު ކޯލެއް ކުރުމަށާއި މެސެޖެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރާއްޖެޓީވީގެ މުވައްޒަފުން ޝަހީބަށް ކުރާ ފޯނުކޯލާއި މެސެޖްގައި ކުރާ އިލްތިމާސްގައި ވަނީ "ބްރޯޑްކާސްޓިންގ ކޮމިޝަނުން ގާނޫނާ ހިލާފަށް ބްރޯޑްކާސްޓަރުންނާމެދު  ފިޔަވަޅު އެޅުން ހުއްޓާލައި، އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ޒިންމާ އަދާކުރެއްވުން އެދެން. ގާނޫނާ އެއްގޮތަށް މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ އިސްތިއުފާ ދެއްވާ،" މިގޮތަށެވެ.

ރާއްޖެގެ މުވައްޒަފުން ބްރޯޑްކޮމްގެ ރައީސް ޝަހީބަށް ފޮނުވާ މެސެޖްގެ ފޮޓޯއެއް

ރާއްޖެޓިވީގެ ހުރިހާ މުވައްޒަފުން ބްރޯޑްކޮމްއަށް ކުރާ އިލްތިމާސް އާދިއްތަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 20:00 އަށް ކުރިއަށްދާނެ އެވެ.

ރާއްޖެޓީވީގެ މުވައްޒަފުންގެ މިއިލްތިމާސް ބްރޯޑްކޮމްގެ ރައީސް ޝަހީބަށް ދެއްނެވުމަށް ނިންމާފައިވަނީ ބްރޯޑްކޮމްއިން ރާއްޖެޓީވީ ތިން ފަހަރެއްގެ މަތިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުންނާއި ބްރޯޑްކާސްޓަރުންގެ މެދުގައި ހަމަހަމަކަން ނުގެންގުޅޭތީ އެވެ. އަދި ރާއްޖެޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، އެކޮމިޝަނުގެ މުސްތަގިއްލު ކަމާމެދު ގިނަ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ބްރޯޑްކޮމް ސަރުކާރުގެ ނުފޫޒުގެ ދަށުގައިވާކަމަށް ރައްޔިތުން ބުނަމުންދަނިކޮށް، އެކޮމިޝަނުގެ ބައެއް މެމްބަރުން ގެންދަވަނީ ސަރުކާރުން ހިންގާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. 

ބްރޯޑްކޮމް އިން އެންމެފަހުން ޖޫރިމަނާ ކުރީ މިދިއަ ހަފްތާގަ އެވެ. އެއީ 500،000ރ އިންނެވެ. މީގެކުރިން 1،000،000ރ އިންނާއި 200،000ރ އިން ވެސް ޖޫރިމަނާ ކޮށްފައިވެއެވެ.

ބްރޯޑްކޮމްއިން ރާއްޖެޓީވީ ޖޫރިމަނާ ކުރަމުންދާއިރު ރާއްޖެޓީވީއަކީ ދިވެހި ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު ޓީވީ ޗެނަލެވެ. އަދި ރާއްޖެޓީވީ ހިންގަމުން ދަނީ ވެސް އަމިއްލަ ވިޔަފާރިވެރިންގެ ސްޕޮންސަރތަކުންނާއި އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކުގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 އޮކްޓޯބަރ 2017 | އާދީއްތަ 11:38
މެންބަރު
އިއްޔެ ޝަހީބާ މަގުމަތިން ދިމާވެގެން މަ އަހާލިން ކީއްވެހޭ ޖޫރިމަނާކުރީ. ވިދާޅުވީ ކޮމިޝަނުގެ ނިންމުމެކޭ. ކޮމިޝަނުގެ މެޖޯރިޓީން ނިންމާ ނިންމުންތަކަށް ޢަމަލު ނުކުރަން އެބުނާހެން ޝަހީބަކީ މަސީހެއްވެސް ނޫން. މަސީޙުގެ ލަދުހަޔާތް ކުޑަވާ މިންވަރަށް އެންމެންގެ އެކަން ކުޑަވާކަށް ނުވެސްވާނެ. ދެން ވިދާޅުވީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށް މެންބަރުން ހުށަހަޅާ މައްސަލަތައް އެޖެންޑާކުރުމާއި އެއަށް ގޮތް ނިންމުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތޭ. އިރުއިރުކޮޅުން ޖޫރިމަނާ ކުރުން ހުއްޓުވަންޏާ މިނިވަން ބަޔަކު ކޮމިޝަނަށް ލާދޭށޭ. ޕާޓީއެއްގެ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮންނަ ތަނެއްގަ ގޮތްނިމޭނީ އެމީހުން ބޭނުންވާ ގޮތަށޭ. އެކަމާ އަނެއް ޕާޓީއަކުންނާ މިނިވަން ބަޔަކު ރުޅި އަންނާތީ ތިމްނނަވެސް ދެރަވެ ހިތާމަ ކުރަމޭ. ނަމަނަމަ މިވާހަކަ ނޫހުގަ ނުޖަހައްޗޭ!