ކ. މާލެ
|
13 އޮކްޓޯބަރ 2017 | ހުކުރު 22:22
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސިޓީގައި ބާއްވި ޖަލްސާގައި ހިސާން ވާހަކަ ދައްކަވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސިޓީގައި ބާއްވި ޖަލްސާގައި ހިސާން ވާހަކަ ދައްކަވަނީ
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
ރަޝީދުގެ މަރުގެ މައްސަލަ
އަބްދުﷲ ރަޝީދުގެ މަރުގެ ޒިންމާ، އެނާއަށް ޙުކުމް ކުރެއްވި ފަނޑިޔާރު ނަގަންވަންޖެހޭ: ހިސާން
ރަޝީދުގެ މައްޗަށް ދޮގު ހެކި ބަސްދިން ފުލުހުން މަރުގެ ޒިންމާ ނަގަން ޖެހޭ
ދައުވާކުރި ، ވަކީލުން ރަޝީދުގެ މަރުގެ ޒިންމާ ނަގަންޖެހޭ
ޒިންމާ ނަގަންޖެހޭ ފަރާތަށް އިންސާފްގެ ކުރިމައްޗަށް ގެންނާނަން

މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި އަބްދުﷲ ރަޝީދުގެ ކުއްލި މަރުގެ ޒިންމާ އެނާއަށް ބޭއިންސާފުން ޙުކުމް ކުރެއްވި ފަނޑިޔާރުވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޤާނޫނީ ވަކީލާ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސީޓީ ހިތަދޫގައި ހުކުރު ދުވަހުގެރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، އަބްދުﷲ ރަޝީދު މަރުގެން ދިޔައީ ބައެއްގެ އިޙްމާލުން ކަމަށެވެ. އަދި އަބްދުﷲ ރަޝީދު އެހާލުގައި މަރުވެގެން ދިޔައީ ބޭއިންސާފުން ކުރި ތަޙުޤީޤަށް، ޕީޖީން ދައުވާކޮށް ބޭއިންސާފުން އެނާގެ މައްޗަށް ޙުކުމް ކުރުމުން ކަމަށާ، ޖަލަށްލައި ބަލަންޖެހޭ މިންވަރަށް ނުބެލުމުން ކަމަށް ހިސާން ވިދާޅުވިއެވެ.

އެހެންކަމުން އަބްދުﷲ ރަޝީދުގެ މައްސަލައިގައި ދޮގު ހެކިބަސް ދިން ފުލުހުންވެސް އެނާގެ މަރުގެ ޒިންމާ ނަގަންޖެހޭއިރު، އަބްދުﷲ ރަޝީދުގެ މައްޗަށް ބޭއިންސާފުން ދަޢުވާކޮށް ކޯޓުގައި ވަކާލާތު ކުރި ވަކީލުވެސް މަރުގެ ޒިންމާ ނަގަންޖެހޭކަމަށް ހިސާން ވިދާޅުވިއެވެ. 

ހިސާން ވިދާޅުވީ ފުލުހުން ދިން ދޮގު ހެކި ބަހުގެ މައްޗަށް ބިނާކޮށް އެއްފަރާތަކަށް ބުރަވެ، ހުކުމް ކުރެއްވި ފަނޑިޔާރުވެސް މަރުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ގިނަ ފަރާތަކެއްގެ އިހުމާލުން އަބްދުﷲ ރަޝީދު މަރުވެގެން ދިއުމުން، މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ ދެ އަހަރު ކުރިން، 2015 އިގެ މެއި އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފަސް އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް