ކ. މާލެ
|
13 އޮކްޓޯބަރ 2017 | ހުކުރު 11:46
ޕާސްޕޯޓެއް
ޕާސްޕޯޓެއް
ޓްވިޓަރ
ޕާސްޕޯޓްގެ ގަވައިދު
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުންގެ ޕާސްޕޯޓް ބާތިލް ކުރެވޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
މި ގަވައިދު އެކުލަވާލައި އަމަލު ކުރަން ފަށާފައި ވަނީ ބުރާސްފަތި ދުވަހު
ދާޚިލީ ހަނގުރާމައަށް ދާ ކަމަށް ޝައްކުކުރެވޭ މީހުންގެ ޕާސްޕޯޓް ވެސް ބާތިލްކުރެވޭ
ދައުލަތުގެ އިސް މަގާމު ފުރުއްވުމަށް ފަހު މަގާމު ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އޮފިޝަލް ޕާސްޕޯޓް 

އެކަށީގެންވާ ސަބަބަކަށް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް އެމީހެއްގެ ސަބަބުން ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަމެއް ފޯރާނެ ކަމަށް ބެލެވޭ މީހުންގެ ޕާސްޕޯޓް ބާތިލްކުރެވޭ ގަވާއިދު ހަދައި އެއަށް އަމަލުކުރަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ގެޒެޓްކޮށް ޝާއިއުކޮށްފައިވާ "ދިވެހި ޕާސްޕޯޓުގެ ގަވައިދު"ގައި ވާ ގޮތުން ޕާސްޕޯޓް ބާތިލް ކުރެވޭނެ ފަސް ގޮތެއް ވަނީ ކަނޑައަޅާފައެވެ.

އޭގެ  ތެރޭގައި

  1.  ޝަރުއީ ކޯޓަކުން ފޮނުވާ އަމުރަކާ ގުޅިގެން އެ އަމުރެއްގައި ހިމެނޭ ފަރާތްތަކުގެ ޕާސްޕޯޓް
  2.  އެކަށީގެންވާ ސަބަބަކަށް ބިނާކޮށް އެހެނިހެން ގައުމުތަކުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާކަމަށް ޝައްކުކުރެވޭ މީހުންގެ ޕާސްޕޯޓު 
  3.  ދައުލަތުގެ އިސް މަގާމު ފުރުއްވުމަށް ފަހު މަގާމު ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އޮފިޝަލް ޕާސްޕޯޓް 
  4.  ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓާއި ޕާސްޕޯޓު ހެދުމަށް ފަހު ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެ އިމިގްރޭޝަންގައި ބެހެއްޓިފައިވާ ޕާސްޕޯޓް 
  5.  އެކަށީގެންވާ ސަބަބަކަށް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް އެމީހެއްގެ ސަބަބުން ގައުމީ ސަލާމަތާއި ރައްކާތެރި ކަމަށް އުނިކަމެއް ފޯރާނެ ކަމަށް ބެލެވޭ މީހުންގެ ޕާސްޕޯޓް 

އެ ގަވައިދުގައިވާ ގޮތުން ޕާސްޕޯޓު ކެންސަލް ކުރެވޭނެ މުއްދަތު ކަނޑައަޅާނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންއެވެ.

މި ގަވައިދުގައި ވަނީ ޕާސްޕޯޓް ކެންސަލް ކުރެވޭނެ ގޮތް ވެސް ކަނޑައަޅާފައެވެ. 

އޭގެ ތެރޭގައި 

  • * ޕާސްޕޯޓް ކެންސަލްކުރުމަށް އެދޭ ފަރާތަކީ ދިވެހި ރާއްޖޭގައި ހުރި މީހެއް ނަމަ އެ ފަރާތުގެ ޕާސްޕޯޓްު ކެންސަލް ކުރުމަށް ފަހު އެކަން ފޯނުން އެ ފަރާތަށް އެންގުމަށް ފަހު ޕާސްޕޯޓް ކެންސަލް ކޮށްފައިވާކަން ލިޔުމުން އެ ފަރާތަށް އަންގަން ވާނެއެވެ.
  • * ރާއްޖެއިން ބޭރުގައިވާ މީހެއް ނަމަ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީއަށް ނުވަތަ ކޮންސިއުލޭޓަށް ޕާސްޕޯޓް ކެންސަލްކުރިކަން ލިޔުމުން އަންގަންވާނެއެވެ
  • *ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ނެތް ގައުމެއް ނަމަ އެ ގައުމެއްގެ ފޮރިން މިނިސްޓަރީއަށް ޕާސްޕޯޓު ކެންސަލްކުރިކަން ލިޔުމަކުން އަންގަންވާނެއެވެ. 

މީގެ އިތުރުން މި ގަވައިދުގައި ޕާސްޕޯޓާ ގުޅޭ އެކިއެކި ޖޫރިމަނާތައް ވެސް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ޕާސްޕޯޓް ގެއްލުމާއި ހަލާކުވުން ފަދަ ކަންކަމުގައި ކުރާ ޖޫރިމަނާތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 އޮކްޓޯބަރ 2017 | ހުކުރު 21:08
ތިމަންނަ
މިއޮތީ ފުއްގަޑު އަތުޖެހިފައި ، މޮޑެލާނެ ގޮތަކަށް މޮޑޭލާ އެންމެން ހައްޕު
13 އޮކްޓޯބަރ 2017 | ހުކުރު 14:02
ހަސީނާ
މިގައުމުގައި ދެން ހީއެއްނުވޭ މާގިނަބަޔަކަށް ޕާސްޕޯޓުގެ ބޭނުންކުރެވިދާނެހެން!!